އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކްރިސްޓިއަން ކައިވެންޏަކުން ޕްރިޔާންކާ އާއި ނިކް ކައިވެނި ކޮށްފި

ކްރިސްޓިއަން ކައިވެންޏަކުން ޕްރިޔާންކާ އާއި ނިކް ކައިވެނި ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 13 ސިކުންތު

މިދުވަސްކޮޅަކީ ބޮލީވުޑަށް ކައިވެނީގެ މޫސުން ފެށިފައިވާ ދުވަސްކޮޅެކެވެ. މީގެ ދެ ހަފްތާވަރު ކުރިން ސުޕާރސްޓާ ދިޕިކާ ޕަދުކޯން އާއި ރަންވީރް ސިންގްގެ ކައިވެނީ އުފާވެރި ޚަބަރު ލިބި އެދެތަރިންގެ ފޮޓޯތައް އަދިވެސް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު، އިއްޔެ އަނެއްކާވެސް ބޮލީވުޑްގެ އެންމެ މަގުބޫލް އެއް ތަރި މިވަނީ ކައިވެނި ކޮށްފައެވެ.

 

ބޮލީވުޑް އާއި ހޮލީވުޑްގައި ވެސް އެތަރިއެއްގެ ނަން ކުލަގަދަކޮށް ފަވާލެވިފައިވާ ޕްރިޔާންކާ ޗޯޕްރާ އާއި އޭނާގެ ބައިވެރިޔާ ނިކް ޖޯނަސް، ކްރިސްޓިއަން ކައިވެންޏަކުން އިއްޔެ ކައިވެނި ކުރީ އިންޑިއާގެ ޖޯދްޕޫރްގައި ހުންނަ އުމޭދް ބަވަން ޕެލެސް ގައެވެ.

 

އިންޑިއާގެ ބައެއް ރިޕޯޓުތަކުން ހާމަވާ ގޮތުގައި ޕްރިޔާންކާއާއި ނިކްގެ ކައިވެނި ކޮށްދިނީ، ނިކް ގެ ބައްޕަ ޕޯލް ކެވިން ޖޯނަސް އެވެ.

 

ކައިވެނީގެ ޚަފްލާއަށް އެދެމަފިރިންގެ އިތުރުން ހާޒިރުވީ އެހެން މީހުންވެސް ލައިގެން ހުރީ އެމެރިކާގެ މަޝްހޫރު ޑިޒައިނަރު ރަލްފް ލޯރަންގެ ޑިޒައިންތަކުގެ ހެދުން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

 

ކްރިސްޓިއަން ކައިވެންޏަކުން މިދެތަރިން މިއަދު ކައިވެނި ކޮށްފައިވައިރު، ހިންދޫއިން ކައިވެނި ކުރާ ގޮތަށް މިރޭގެ ވަގުތެއްގައި ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރިޕޯޓު ތަކުން ހާމަވެފައިވެއެވެ.

 

އިންޑިއާގައި ޕްރިޔާންކާ އާއި ނިކް ކައިވެނި ކޮށްފައިވާއިރު، އެދެތަރިންގެ ކައިވެންޏަށް ނިކްގެ އާއިލާގެ އިތުރުން ހޮލީވުޑްގެ ބައެއް ތަރިން ވެސް ގޮސްފައިވެއެވެ. އޭގެ ތެރޭގައި ޑްވޭން ޖޯންސަން (ދަ ރޮކް) ވެސް ހިމެނެއެވެ.

 

ބޮލީވުޑް ފިލްމުތަކުގެ ތެރެއިން ޕްރިޔާންކާ ވަނީ "ޑޯން"، "ބާޖީރާއޯ މަސްތާނީ"، "މޭރީ ކޮމް"، "ކްރިޝް" އަދި "ބަރްފީ" ފަދަ ސުޕާރހިޓް ފިލްމުތަކުގައި ވަރަށް ތަފާތު ރޯލެއް ކުޅެފައެވެ. ހޮލީވުޑް ފިލްމުތަކުގެ ތެރެއިން، ގިނަ ބައެއްގެ މަގްބޫލްކަން ލިބުނު ސުޕާރހިޓް ސީރީޒް ކަމަށްވާ "ކުއަންޓިކޯ" އާއި "ބޭވޮޗް" އަދި "ވެންޓިލޭޓާރ" ގައި ވެސް އޭނާ ވަނީ ކުޅަދާނަ މޮޅު އެކްޓީންގެއް ދައްކުވައިދީފައެވެ.

 

ނިކް ޖޯނަސް އުޅުނީ އޭނާގެ ދެ ބޭބެއިން ކަމަށްވާ ޖޯ އާއި ކެވިން އާއިއެކު މިޔުޒިކް ބޭންޑެއްގައެވެ. އެއަށްފަހު އޭނާގެ އެންމެ ފުރަތަމަ ފިލްމު ކަމަށްވާ "ކޭމްޕް ރޮކް" ޑިޒްނީ ޗެނަލް އިން ރިލީޒް ކުރިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ