އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރީތީގެ ރާނީ މަނޫޝީ ޗިލާރްވެސް ބޮލީވުޑްގެ ފިލްމްތަކުން ފެންނަން ތައްޔާރުވަނީ

ރީތީގެ ރާނީ މަނޫޝީ ޗިލާރްވެސް ބޮލީވުޑްގެ ފިލްމްތަކުން ފެންނަން ތައްޔާރުވަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 5 ސިކުންތު

2017 ވަނަ އަހަރުގެ ރީތީގެ ރާނީ މަނޫޝީ ޗިލާރްވެސް ބޮލީވުޑްގެ ފިލްމްތަކުން ފެންނަން ތައްޔާރުވެއްޖެއެވެ.

 

އިންޑިއާގެ ނޫހެއް ކަމަށްވާ "ޕިންކްވިލާ' އިން ބުނެފައިވާ ގޮތުގައި މަނޫޝީ ޗިލާރްވެސް ބޮލީވުޑްގެ ފިލްމުތަކަށް ތަޢާރަފްކުރަނީ މަޝްހޫރު ޑައިރެކްޓަރ ފަރާ ޚާންއެވެ.

 

އެގޮތުން ޢުމުރުން 21 އަހަރުގެ މަނޫޝީ ޗިލާރް އާއެކު ފިލްމާއިބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށާއި އެ ހުށަހެޅުމަށް މަނޫޝީވެސް އާނބަސް ބުނެފައިވާކަމަށް އެ ނޫހުން ވަނީ ބުނެފައެވެ.

 

މި ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތަށް ފަރާ މި ވަގުތު ގޯއާގައި ހުރި އިރު، މަސައްކަތްކޮށް އެއްކޮށް ނިންމައިލެވުމުން ފިލްމު ރަސްމީކޮށް އިޢުލާން ކުރާނެކަމަށް ފަރާ ބުނެފައިވާ ކަމަށްވެސް ޕިންކްވިލާ އިން ބުނެފައިވެއެވެ.

 

މަނޫޝީ މިހާރުވެސް އަންނަނީ ބައެއް އިޝްތިހާރުތަކުގައި ހަރަކާތްތެރިވަމުންނެވެ. އެގޮތުން އޭނާވަނީ ކަރީނާ ކަޕޫރާއި ރަންވީރު ސިންގ އާއެކު ޓީވީ އިޝްތިހާރުތަކެއްވެސް ކުޅެފައެވެ.

 

މަނޫޝީ އާ ޙަވާލާދީ އެ ނޫހުން ބުނީ އެކްޓްކުރުމަކީ އޭނާ ވަރަށް ޝައުގުވެރިވާ ކަމެއް ކަމަށާއި ބޮލީވުޑަށް ނުކުތުމާ ދޭތެރޭ އެއްވެސް ސުވާލެއް ނެތް ކަމަށެވެ. އަދި ވަގުތު ޖެހުމުން ފިލްމު ކުޅެން ފަށާނެ ކަމަށެވެ.

 

ބޮލީވުޑްގައި މިހާރު ތިބި ބަތަލާއިންގެ ތެރެއިން އެންމެ ނުފޫޒު ގަދަ އެއް ބަތަލާ ދީޕިކާ ޕަދްކޯންއަކީ ފިލްމު "އޯމް ޝާންތީ އޯމް" އިން 2007 ގައި ފަރާ ޚާން ބޮލީވުޑަށް ތަޢާރަފު ކުރި ބަތަލާއެކެވެ. އަދި ފަރާ އެންމެ ފަހުން ޑައިރެކްޓް ކުރީ ޝާހްރުކް ޚާނާއި ދީޕިކާ ޕަދްކޯން ލީޑް ރޯލް ކުޅުނު ހެޕީ ނިއު އިޔަރ އެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް