އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކެނެޑާގެ ހަސްފަތާލުގައި ފަރުވާދެމުން ދަނިކޮށް ކާދަރު ޚާން މަރުވެއްޖެ

ކެނެޑާގެ ހަސްފަތާލުގައި ފަރުވާދެމުން ދަނިކޮށް ކާދަރު ޚާން މަރުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 35 ސިކުންތު

ކެނެޑާގެ ހަސްފަތާލުގައި ފަރުވާދެމުން ދަނިކޮށް ކާދަރު ޚާން މަރުވެއްޖެއެވެ. ބޮލީ ވުޑްގެ މަޝްހޫރު އެކްޓަރ މަރުވީ ރޭ ފަތިހުގެ ވަގުތެއްގައެވެ.

މަރުވި އިރު ޢުމުރަކީ 81 އަހަރެވެ. ނޭވާލާން އުނދަގޫވާތީ ހަސްފަތާލުގައި ކާދަރު ޚާން އެނދުމަތިކޮށްފައިވާތާ 17 ވަރަކަށް ހަފުތާވެދާނެއެވެ.

ކާބުލްއަށް އުފަން މި އެކްޓަރގެ ކަކޫ މިދިޔަ އަހަރު އޮޕަރޭޝަން ކުރުމަށްފަހު އަންނަނީ ހާލު ދެެރަވަމުންނެވެ. އަދި އެއަށްފަހު ރަނގަޅަށް ނުހިގޭތީ ކާދަރު ޚާން ދިރިއުޅެމުން އައީ ދަރިފުޅާއެކު ކެނެޑާގައެވެ.

ސްކްރީން ރައިޓަރއެއްގެ ގޮތުގަައިވެސް މަޝްހޫރު ކާދަރު ޚާން ވަނީ 300 އަށްވުރެ ގިނަ ފިލްމުގައި ހަރަކާތްތެރިވެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޚް