އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްޕީ ކަޕްގެ މިއަދުގެ މެޗު ނުކުޅެ ކިނބިދޫއަށް ލިބިއްޖެ

އެމްޕީ ކަޕްގެ މިއަދުގެ މެޗު ނުކުޅެ ކިނބިދޫއަށް ލިބިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 16 ސިކުންތު

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒު، ކިނބިދޫ ދާއިރާގެ ރަށްތަކަށް ބާއްވަމުން އަންނަ 'އެމްޕީ ކަޕް 2018' މިއަދުގެ މެޗު ނުކުޅެ ކިނބިދޫއަށް ލިބިއްޖެއެވެ.

 

އެޓީމަށް މެޗު ލިބުނީ މިއަދު ހަވީރު ކުޅެން އޮތް މެޗުގައި އިދިކޮޅުން ބައްދަލުކުރަން އޮތް އޮމަދޫ ޓީމުން މެޗު ނުކުޅެ ދޫކޮށްލުމުންނެވެ.

 

އެހެންކަމުން ކިނބިދޫއަށް ވަނީ 3 ޕޮއިންޓާއެކު 2 ގޯލު ލިބިފައިވާކަމަށް މުބާރާތް އިންތިޒާމުކުރާ ކޮމެޓީން ނިންމާފައެވެ.

 

މާދަމާގެ މެޗުގައި ބައްދަލުކުރާނީ ހިރިލަންދޫ އާއި ކަނޑޫދޫއެވެ.

 

އެމްޕީ ކަޕަކީ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒު، އެދާއިރާގެ މެމްބަރުކަމަށް ކުރިމަތިލައްވާ ވެވަޑައިގެންނެވި ވަޢުދުތަކުގެ ތެރޭގައި ހިމެނިގެން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ މުބާރާތެކެވެ.

 

އެގޮތުން އެދާއިރާގެ 5 ރަށުގެ ތެރެއިން ކޮންމެ އަހަރަކުވެސް މި މުބާރާތް އަންނަނީ ބާއްވަމުންނެވެ. އަދި މިއީ އެގޮތުން މި މުބާރާތް ބާއްވާ ފަހު އަހަރެވެ.

 

މިއަހަރުގެ މުބާރާތް ވަންދޫގައި ބާއްވާ އިރު، ފުރަތަމަ މުބާރާތް ކިނބިދޫގައި ބާއްވާ އެ މުބާރާތް ކާމިޔާބުކުރީވެސް އެރަށުންނެވެ. އަދި ދެވަނަ މުބާރާތް ހިރިލަންދޫގައި ބާއްވާފައިވާ އިރު، އެ މުބާރާތް ކާމިޔާބުކުރީ ހިރިލަންދޫއިންނެވެ. 

 

ތިންވަނަ މުބާރާތްވެސް ހިރިލަންދޫގައި ބޭއްވި އިރު، މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވަންދޫއެވެ. ހަތަރުވަނަ މުބާރާތް ވަންދޫގައި ބާއްވާފައިވާ އިރު، ޗެމްޕިއަންއަކީ ކިނބިދޫއެވެ. 

 

އެހެންކަމުން މިއަހަރުގެ މުބާރާތް ހިރިލަންދޫ އަދި ކިނބިދޫ ކާމިޔާބު ކޮށްގެން އެމްޕީ ކަޕްގެ އެންމެ ކާމިޔާބު ޓީމަށްވުމުގެ ފުރުޞަތު އޮންނާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް