އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަރުވުމުން ތިބާ އާއި ބަދަލުކުރާ ބިރުވެރި "ފުރޭތަ" ތިބާއަށް އެއްވެސް ވަރަކަށް އެނގޭނަމަ ތިބާ ހުންނާނީ ބިރުން ވިރިވިރި!: ބިލާލް އައްސަދު

މަރުވުމުން ތިބާ އާއި ބަދަލުކުރާ ބިރުވެރި "ފުރޭތަ" ތިބާއަށް އެއްވެސް ވަރަކަށް އެނގޭނަމަ ތިބާ ހުންނާނީ ބިރުން ވިރިވިރި!: ބިލާލް އައްސަދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު

މަރުވުމުން ތިބާ އާއި ބަދަލުކުރާ ބިރުވެރި "ފުރޭތަ" ތިބާއަށް އެއްވެސް ވަރަކަށް އެނގޭނަމަ ވެސް ތިބާ ހުންނާނި އަބަދުވެސް ބިރުން ވިރިވިރިއެވެ. ތިބާ ހަމަ އެންމެ ފާފައެއްވެސް ނުކުރާނެއެވެ. ބަލަނީ ވީހައި ގިނަ ހެޔޮ އަމަލުތައް ކުރެވޭތޯއެވެ!

އެހެނީ މަލާއިކަތުން ސުވާލުކުރައްވަވައި ނިމުމުން ތިބާ ދުނިޔޭގައި ދުވަހަކުވެސް ނުދެކޭފަދަ ބިރުވެރި ސިފައަކަށް ހުންނަ ފުރޭތައެއް ފަދަ އެއްޗެއް ތިބާއާއި ބައްދަލުކުރާނެއެވެ. ބިރުން ތުރުތުރު އަޅަމުން ތިއައީ ކާކުތޯ ނުވަތަ ކޮން އެއްޗެއްތޯ ސުވަލުކުރުމުން ޖަވާބުގައި މިއީ ދުނިޔޭގައި ހުރެ ތިބާ ކުޅަ ނުބައި އަމަލުތައް ކަމުގައި ބުނާނެ އެވެ.

ތިބާ އެ ފޮނުވައިލަން ކިތަންމެހައިވެސް ބޭނުންވާނެ އެވެ. ދުރަށް ދިއުން އެދި ރޮއި އާދޭސް ކުރާނެއެވެ. ނަމަވެސް އެންމެ ތަންކޮޅަކަށްވެސް ދުރަކަށް ނުދާނެއެވެ. ތިބާއަށް އަހުވަ ދައްކައި އަޒާބު ދޭން ތިބާ ކައިރީގައި ހުންނާނެއެވެ. ޤިޔާމަތްވުމާއި ހަމައަށްވެސް ހުންނާނެއެވެ.

މިވާހަކަ އަޑު އިވޭވަގުތު ހިތަށް ބިރުވެރިކަން ވަންނާނެއެވެ. ނަމަވެސް އިރުކޮޅަކުން ހަނދާން ހުންނަނީ މަދު މީހެކެވެ. ދުނިޔޭގެ އެދުމަށް ހެއްލި ފާފަތައް ކުރަން ފަށަމުއެވެ. މިވާހަކަ ހަނދާނުންވެސް ފިލައެވެ.

މިއީ މިއަދުގެ ގިނަ ބައެއްގެ ހާލު ހުރި ގޮތެވެ. ތިއަ ކަންކަމަށް ވިސްނާނީ އުމުރުން ދުވަސްވެލުމުން ކަމަށް ބަލައިގެން ހުއްޓައި މަރު އައިސް ބައްދަލުކޮށްފާނެ ކަމަށް ބިރުގަންނަނީ ވެސް ވަރަށް މަދު މީހެކެވެ. މިއީ ވަރަށް ހިތާމަ ހުރި ކަމެކެވެ. އަހަރެންގެ އާދޭހަކީ އެއްވެސް މުސްލިމަކީ އެފަދަ މީހަކު ކަމުގައި ނުވުމެވެ. މިފަދަ ކަންކަން އަހަރެމެންނަށް ބަޔާންކޮށް ދެއްވަވާފައި މިވަނީ މިކަންކަމަށް ވިސްނައި ފިކުރު ކުރުމަށެވެ. ފާފަތަކާއި ދުރުހެލިވުމަށް ކުރިއާލައި ދެވޭ އިންޒާރުގެ ގޮތުގައެވެ.

--ބިލާލް އައްސަދުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް