އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ހުރާއިން ހައްޔަރު ކޮށްފި

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ހުރާއިން ހައްޔަރު ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 52 ސިކުންތު

ކ. ހުރާގައި އުމުރުން 12 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

 

އެނގިފައިވާ ގޮތުގައި، މިދިޔަ ނޮވެމްބަރ މަހުގެ ފަހުކޮޅު ކުޑަ ކުއްޖާ އަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރީ އެރަށު މީހަކާ އިނދެގެން ކައިރި ރިސޯޓެއްގައި މަސައްކަތް ކުރާ ފިރިހެނެކެވެ. މިކަން ފުލުހުން ވެސް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

 

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ މިދިޔަ މަހުގެ ފަހުކޮޅު ކުޑަކުއްޖަކާ ބެހުނު މައްސަލައެއް ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން އެކަން ބަލަމުން އަންނަ ކަމަށާއި އެ މައްސަލައިގެ ހައްޔަރު ކުރި މީހާ އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

 

ހުރާގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ޖެންޑާ މިނިސްޓްރީން ވެސް ބަލަމުން ގެންދާކަން ވަނީ އެނގިފައެވެ. ނަމަވެސް، އެކަމާ ގުޅޭ ތަފްސީލެއް އަދި އެމިނިސްޓްރީން ނުދެ އެވެ.

 

އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރު ކުރީ އުމުރުން 45 އަހަރާއި 50 އަހަރާއި ދެމެދުގެ މީހެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ