އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދޮންފަނު ބަލިކުރުމަށްފަހު، ގްރޫޕް އޭގެ އެއްވަނަ އޭދަފުށި ހޯދައިފި

ދޮންފަނު ބަލިކުރުމަށްފަހު، ގްރޫޕް އޭގެ އެއްވަނަ އޭދަފުށި ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 24 ސިކުންތު

ބ. ދޮންފަނު އިންވިޓޭޝަން ކަޕްގައި ދޮންފަނު ބަލިކުރުމަށްފަހު، ގްރޫޕް އޭގެ އެއްވަނަ އޭދަފުށި ހޯދައިފިއެވެ.

 

މިއަދު ހަވީރު ކުޅުނު މެޗުގައި އެންމެފަހުގެ ރަނަރ-އަޕް އޭދަފުށިން ދޮންފަނު ޓީމު ބަލިކުރީ 2 ލަނޑު 1 ލަނޑުންނެވެ.

 

މި މެޗުގެ 30 ވަނަ މިނެޓުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ދޮންފަނު ޓީމުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ނަބީޙްއެވެ.

 

މި ނަތީޖާއާއެކު ފުރަތަމަ ހާފު ނިންމާލި ނަމަވެސް ދެވަނަހާފުގައި އޭދަފުށިން ވަނީ ދޮންފަނު ޓީމުގެ ގޯލަށް ނުރައްކާތެރި ހަމަލާތައް އަމާޒުކުރަން ފަށާފައެވެ. ނަތީޖާއަކީ މެޗުގެ 73 ވަނަ މިނެޓުގައި ހަމްދާން ޢަބްދުލް ސައްތާރު ޖަހައިދިން ލަނޑުން ޓީމުގެ ހިތްވަރު އާލާވުމެވެ.

 

އިތުރު ލަނޑެއް ނުޖެހި މެޗު ނިމެންދަނިކޮށް، އެންމެފަހު 10 މިނެޓުގެ ތެރޭގައި އޭދަފުށީ ޓީމަށް ކާމިޔާބީ ހޯދައިދިނީ އުނެއިޝް ޒާހިރުގެ ލަނޑުންނެވެ.

 

މި މެޗުގެ މޭން އޮފް ދަ މެޗުގެ މަޤާމަށް ހޮވުނީ ދޮންފަނުގެ ޢަބްދުލް ޙަމީދު މުހައްމަދެވެ.

 

މިއަދުގެ މެޗު ކުޅުނު އިރުވެސް މި ދެޓީމު ގްރޫޕް އޭގެ ސެމީފައިނަލަށް ދަތުރުކޮށްފައިވާ އިރު، މިއަދުގެނަތީޖާއަކީ ގްރޫޕްގެ އެއްވަނަ އާއި ދެވަނަ ކަށަވަރުވާ މެޗެވެ. މި މޮޅާއެކު ގްރޫޕް އޭގެ އެއްވަނަ އޭދަފުށި ހޯދީ ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެ، 9 ޕޮއިންޓާއެކުއެވެ.

 

މި ގްރޫޕުގެ ދެވަނަ 6 ޕޮއިންޓާއެކު ދޮންފަނަށް ލިބޭ އިރު، މި ގްރޫޕްގައި ހިމެނޭ ކަމަދޫ އާއި މާޅޮހަށް ޕޮއިންޓެއް ނުލިބެއެވެ.

 

މި މުބާރާތުގައި މާދަމާވެސް ކުޅޭނީ ގްރޫޕް އޭގެ މެޗެކެވެ. މި މެޗުގައި ބައްދަލުކުރާނީ މާޅޮހާއި ކަމަދޫއެވެ. އެހެންކަމުން މާދަމާގެ މެޗަކީ މި ދެޓީމަށްވެސް ހުސްއަތާ ރަށަށްދާން ނުޖެހި ސަލާމަތްވާން އޮތް ހަމައެކަނި މެޗެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް