އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޔޫތު ޗެމްޕިއަންޝިޕް ވޮލީ މުބާރާތުގެ އަންހެން ޑިވިޜަން ފުރަތަމަ މެޗު ވޮލީބޯލް އެކަޑަމީ އަދި ފިރިހެން ޑިވިޜަންގެ ފުރަތަމަ މެޗު ސެންސް ކާމިޔާބުކޮށްފި.

ޔޫތު ޗެމްޕިއަންޝިޕް ވޮލީ މުބާރާތުގެ އަންހެން ޑިވިޜަން ފުރަތަމަ މެޗު ވޮލީބޯލް އެކަޑަމީ އަދި ފިރިހެން ޑިވިޜަންގެ ފުރަތަމަ މެޗު ސެންސް ކާމިޔާބުކޮށްފި.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކުރާ ޔޫތު ޗެމްޕިއަންޝިޕް 2018 ގެ ޔޫތު ޗެމްޕިއަންޝިޕް ވޮލީ މުބާރާތުގެ އަންހެން ޑިވިޜަން ފުރަތަމަ މެޗު ވޮލީބޯލް އެކަޑަމީ އަދި ފިރިހެން ޑިވިޜަންގެ ފުރަތަމަ މެޗު ސެންސް ކާމިޔާބުކޮށް، ފެށުން ރަނގަޅުކޮށްފިއެވެ.

 

މިއަދު ފެށި މި މުބާރާތުގެ އަންހެން ޑިވިޜަންގެ ފުރަތަމަ މެޗުގައި ވާދަކުރީ ވޮލީބޯލް އެކަޑަމީ އާއި އަލްމާ ސްޕޯޓްސް ކްލަބެވެ. މިމެޗު ސީދާ 3 ސެޓުން ކާމިޔާބުކުރީ ވޮލީބޯލް އެކަޑަމީންނެވެ. މެޗުގެ ސެޓުތައް ދިޔައީ 25-12، 25-4 އަދި 25-3 އިންނެވެ.

 

ފިރިހެން ޑިވިޜަނުގެ ފުރަތަމަ މެޗުގައި ސެންސް އާއި ވާދަކުރީ ކްލަބު ވޮލީ ބޯލް އެވެ. މި މެޗު 3 ސެޓް 2 ސެޓުން ކާމިޔާބުކުރީ ސެންސްއެވެ. މެޗުގެ ސެޓުތައް ދިޔައީ 25-11، 25-13، 22-25، 17-25 އަދި 15-13 އިންނެވެ.

 

މިއީ 19 އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ.

 

މިއަހަރުގެ މުބާރަތުގައި ފިރިހެން ޑިވިޜަނުގައި ވާދަކުރަނީ ކްލަބު ވޮލީބޯލް، ސެންސް، ވޮލީބޯލް ފެމިލީ އެސޯސިއޭޝަން އަދި މަލްސަން ސްޕޯޓްސް ކްލަބެވެ.

 

އަންހެން ޑިވިޜަންގައި ވާދަކުރަނީ އަލްމާ ސްޕޯޓްސް ކްލަބް، ވޮލީބޯލް އެކަޑަމީ، ވޮލީބޯލް ޔޫތު ނިއުޖެނެރޭޝަން އަދި އައްޑޫ ސްޕޯޓްސް ކްލަބެވެ.

 

މިމުބާރާތުގެ ފައިނަލް މެޗުތައް ކުޅުމަށް ތާވަލުކޮށްފައިވަނީ މި ޑިސެމްބަރ މަހުގެ 19 ވާ ބުދަ ދުވަހުއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް