އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެއްބަސްވުންތައް މުރާޖާ ކުރުމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލައިފި

އެއްބަސްވުންތައް މުރާޖާ ކުރުމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 13 ސިކުންތު

ރާއްޖޭގެ މިނިވަންކަމަށް ގެއްލުންވާ ގޮތަށް ނުވަތަ ރާއްޖެ ދަރަނިވެރިވާ ގޮތަށް، ނަގާފައިވާ ލޯންތަކާއި އެއްބަސްވުންތައް މުރާޖާކުރަން ހާއްސަ ކޮމެޓީއެއް އެޓާނީ ޖެނެރަލް އޮފީހުން އެކުލަވާލައިފި އެވެ.

 

މިކަމާއި ގުޅޭގޮތުން އޭޖީ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެއްބަސްވުންތައް މުރާޖާކޮށް އަލުން މަޝްވަރާކޮށް ބަދަލު ގެނެވޭނެ ފުރުސަތު އޮތްތޯ ބަލަން ކަމާ ބެހޭ އިދާރާތަކާ ގުޅިގެން، އެ ކޮމިޓީން މަސައްކަތް ކުރާނެ ކަމަށެވެ.

 

އެކޮމެޓީގައި ހިމެނެނީ ކިތައް މެމްބަރުން ކަމެއް އަދި ހާމަ ނުކުރި ނަމަވެސް އޭޖީ އޮފީހުން ބުނީ އެކޮމިޓީން ބަލަމުން އަންނަ އެއްބަސްވުންތަކުގެ ތެރޭގައި ލޯނުގެ އެއްބަސްވުންތަކާއި ސޮވެރިން ގެރެންޓީތަކުގެ އެއްބަސްވުންތަކާއި އާއްމު ހިދުމަތްތަކާ ގުޅޭ އެއްބަސްވުންތަކާއި ޓޫރިޒަމް ދާއިރާގެ އެއްބަސްވުންތައް ހިމެނޭ ކަމަށެވެ.

 

އެ އެއްބަސްވުންތައް ހަދާފައި ވަނީ ގާނޫނާއި ގަވައިދުގެ ތެރެއިންތޯ ބަލާނެ ކަމަށް ވެސް އޭޖީ އޮފީހުން ބުނެ އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ