އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވައްކަން ބަލާ ވޯޓު މިއަދު ނުނެގުނީ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންވެސް ނެތިގެން: ރޮޒައިނާ

ވައްކަން ބަލާ ވޯޓު މިއަދު ނުނެގުނީ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންވެސް ނެތިގެން: ރޮޒައިނާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

ވައްކަން ބަލާ ވޯޓު މިއަދު ނުނެގުނީ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންވެސް ނެތިގެން ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

 

މެންބަރުން ހަމަނުވެގެން 2 ކޮމިޝަނުގެ ބިލަށް މަޖިލީހުގައި މިއަދު ވޯޓު ނެގޭ ގޮތް ނުވުމުން ކަންބޮޑުވުން ފައުޅުކުރައްވައި ރޮޒައިނާ މިއަދު ވަނީ 3 ޓްވީޓެއް ކުރައްވައިފައެވެ.

 

ރޮޒައިނާ ކުރެއްވި 3 ޓްވީޓް:

 

"ވައްކަން ބަލާ ވާހަކަ ދެއްކިއަކަސް ނުފުދޭ. ވައްކަން ބަލާ ވޯޓުނަގަން ބަލާއިރު މެންބަރުން ފުރައިގެން ގޮސް ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. މިއަދު މި ވޯޓު ނުނެގުނީ ޖޭޕީޖީ (ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕް)ގެ މެންބަރުންވެސް ނެތިގެން. ވޯޓަށް ނައުން ބަލައެްއް ނުގަންނަން."

 

"މިއަދު މަޖިލީހަށް ހާޒިރު ނުވާ އެމްޕީންނަކީ:

 

1 ވައްޑޭ 2 އަމިތު 3 ޢަލީ ހުސައިން 4 ޤާރީ 5 ޝައިޚް ނިޒާރު 6 އަޒްހާން ފަހުމީ 7 ސައުދު 8 ރުކުމާ 9 އިމްތި"

 

"އަޅުގަނޑު ބުނީ ޖޭޕީ އެކޭ ނޫން. ޖޭޕީޖީ އޭ. އެއީ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕް. ރަނގަޅުކޮށްދެއްވުން އެދެން."

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް