އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުވަސްވެފައި ހުންނަ ފެން މީޓަރުތައް ބަދަލުކުރަނީ!

ދުވަސްވެފައި ހުންނަ ފެން މީޓަރުތައް ބަދަލުކުރަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު

ދުވަސްވެފައި ހުންނަ ފެން މީޓަރުތައް ބަދަލުކުރަން ފަށާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފި އެވެ.

އެމްޑަބްލިއުއެސްސީން މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި މެނޭޖިން ޑައިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ހުރިހާ ހަޑިކޮށް ހުރި މީޓަރުތަކާއި ދުވަސްވެފައި ހުރި މީޓަރުތައް ބަދަލުކޮށް، އެ މީޓަރުތަކަކީ ވެސް މީހުންނަށް ބަލައިލަން ކެރޭ ކަހަލަ މީޓަރުތަކަކަށް ބަދަލުކުރަން ނިންމާފައިވާކަމަށެވެ.

އާޒިމް ވިދާޅުވީ މީޓަރުތައް ބާވެފައި ވުމުން ކަސްޓަމަރުންނަށް ވެސް މީގެ ސަބަބުން ގެއްލުމެއް ލިބިދާނެކަމަށާޢި އެމްޑަބްލިއުއެސްސީ އަށް ވެސް ގެއްލުމެއް ލިބިދާނެކަމަށެވެ. އެހެންކަމުން ދެ ފަރާތުން ގުޅިގެން ކަންތައް ކުރީމާ ރަނގަޅު ހިދުމަތެއް ދެވި އެންމެންނަށް ފައިދާ ވާނެކަމަށެވެ.

މީޓަރުތައް ބަދަލުކުރުމުގެ ޕްރޮގްރާމް ފެށިގެން ކުރިއަށް ދާއިރު އަހަރެއްހާ ދުވަހުގެ ތެރޭގައި މި މަސައްކަތް ނިމޭނެކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު