އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައްޗަންގޮޅި މެދުދާއިރާއަށް މއ. ބާބުލްއަވާލީ އިބްރާހީމް މުޙައްމަދު ކުރިމަތިލައްވަނީ!

މައްޗަންގޮޅި މެދުދާއިރާއަށް މއ. ބާބުލްއަވާލީ އިބްރާހީމް މުޙައްމަދު ކުރިމަތިލައްވަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި މައްޗަންގޮޅި މެދުދާއިރާއަށް މއ. ބާބުލްއަވާލީ އިބްރާހީމް މުޙައްމަދު ކުރިމަތިލައްވަން ނިންމަވައިފިއެވެ.

އިބްރާހީމް މުޙައްމަދު އަކީ އިސްލާމީ ޝަރީޢާ އިން މަތީ ތައްލީމް ޙާޞިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. މަދަނީ އިއްތިހާދުގެ ފައުންޑަރ މެންބަރެކެވެ. އިސްލާމް ދީނުގެ ހިމާޔަތުގައި ހިންގަން ޖެހުނު ޙަރަކާތްތަކުގައި މުޙައްމަދު އިބްރާހީމް ވަނީ އިސް ދައުރެއް އަދާ ކުރައްވައިފައެވެ.

އިބްރާހީމް މުޙައްމަދު އަކީ ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ވަރަށް ފުޅައު ދާއިރާއެއްގައި ކުރައްވާ ބޭފުޅެކެވެ. އެގޮތުން ފަހަކަށް އައިސް ފާހަގަކުރެވިފައިވަނީ ބައެއް ޓީވީ ތަކުގެ ޕްރޮގްރާމްތަކުންނާއި ރޭޑިއޯ ޕްރޮގްރާމްތަކުންނެވެ. ކުރިން ދީނީ ދަރުސްވެސް ދެއްވެވިއެވެ.

އިބްރާހީމް މުޙައްމަދު އަކީ މިހާރު ވިޔަފާރިވެރިއެކެވެ. ބޭނުންތެރި ގިނަ ދާއިރާތަކަކުން މިހާރުވެސް ގެންދަވަނީ އިޖުތިމާޢީ ޚިދުމަތް ކުރައްވަވަމުންނެވެ.

އިބްރާހީމް މުޙައްމަދުގެ ބައްޕާފުޅު، ޝައިޚް މުޙައްމަދު އިބްރާހީމްއަކީ ރާއްޖޭގެ އެންމެ މަޝްހޫރު ދީނީ ޢިލްމްވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ހައިކޯޓުގެ ފަނޑިޔާރުކަން ވެސް ކުރެއްވި ޝައިޚް މުޙައްމަދު އިބްރާހީމް އަކީ ރައްޔިތުންނަށް ދީނީ މައުލޫމާތު ދެއްވުމަކީ ކުށަކަށް ހަދައި އަދަބުވެސް ލިބިވަޑައިގެންނެވި ޚިދުމަތްތެރިއެކެވެ.

އިބްރާހީމް މުޙައްމަދު ވިދާޅުވީ މަޖިލީހަށް ކުރިމަތިލައްވަން ނިންމެވި އެންމެ ބޮޑު އެއް ސަބަބަކީ ރާއްޖޭގައި ލާދީނީ ހަރަކާތްތައް އިންތިހާއަށް އިތުރުވުމުން އެފަދަ ކަންކަން ހުއްޓުވުމަށް މަޖިލީހުގެ ތެރެއިން މަސައްކަތް ކުރެއްވުމާއި އިސްލާމް ދީނަށާއި ރައްޔިތުންނަށް ޚިދުމަތް ކުރެއްވުން ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް