އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މެމްބަރު ލަޠީފުގެ އެއްލައްކަ ކަޕްގެ ޗެމްޕިއަންކަން ބްލެކް ޒީރޯ ހޯދާ، އެތަށި މިލްކްކޮށްފި

މެމްބަރު ލަޠީފުގެ އެއްލައްކަ ކަޕްގެ ޗެމްޕިއަންކަން ބްލެކް ޒީރޯ ހޯދާ، އެތަށި މިލްކްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު

ރައްޔިތުންގެ މަޖިލީހުގެ ހއ. ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަތީފް އަހްމަދު (ލަތީ) އެ ދާއިރާގެ ރަށްތަކަށް ބާއްވަމުން އަންނަ ފޯރިގަދަ މުބާރާތުގެ ޗެމްޕިއަންކަން ބްލެކް ޒީރޯ ހޯދާ، ތަށި މިލްކު ކޮށްފިއެވެ.

 

އެޓީމުން ޗެމްޕިއަންކަން ހޯދީ ޕެނަލްޓީ ޖަހައިގެން 7 ލަނޑު 6 ލަނޑުން ޓީނޭޖް ބޯއިސް ބަލިކޮށްގެންނެވެ.

 

އެޓީމުން މިއަހަރުގެ ތަށި ހޯދި އިރު، ރާއްޖޭން ސާފް ސުޒުކީ ކަޕް މި އަހަރު ކާމިޔާބުކުރި ޤައުމީ ޓީމަށް ކުޅުނު މުހައްމަދު އާރިފް (ބަކާ) އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަދި މުހައްމަދު އިރުފާން ވަނީ މުހިންމު ދައިރެއް އަދާކޮށްފައެވެ.

 

މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ބްލެކްޒީނޯގެ ފޭދޫ އިއްބެއެވެ. އެއް ވަނަ މިޑްފީލްޑަރަކަށް އެ ޓީމުގެ ބަކާ ހޮވުނު އިރު، އެންމެ މޮޅު ފޯވާޑާއި ޓޮޕްސްކޯރަރގެ އެވޯޑް ހޯދީ، 15 ލަނޑު ޖެހި ޓީނޭޖުގެ ހުސެއިން ޒިމްޔާން އެވެ.

 

އެންމެ މޮޅު ގޯލްކީޕަރަކީ ޓީނޭޖުގެ މުހައްމަދު ޝިފާންއެވެ. އަދި އެންމެމޮޅު ޑިފެންޑަރަކީ އެ ޓީމުގެ އަހުމަދު މުއާޒެވެ.

 

މުބާރާތުގެ ޗެމްޕިއަން ޓީމަށް ވާދައިގެ ތަށި ދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަޙުމަދު މަޚްފޫލެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް