އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނިޔާވި ކުއްޖާ އޮޕަރޭޝަނަށްފަހު އައިސީޔޫގައި

އަނިޔާވި ކުއްޖާ އޮޕަރޭޝަނަށްފަހު އައިސީޔޫގައި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 43 ސިކުންތު

ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓި މިއަދު އަނިޔާވި ކުއްޖާގެ އޮޕަރޭޝަނެއް ކުރުމަށްފަހު، އެކުއްޖާ އައިސީޔޫއަށް ބަދަލުކޮށްފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

 

މ. ނަލަހިޔާ މަންޒިލްގައި މިއަދު މަސައްކަތް ކުރަމުން ދަނިކޮށް، ސިމެންތި ބަސްތާއެއް ވެއްޓި އަނިޔާވެފައިވަނީ އުމުރުން ނުވަ އަހަރުގެ ބަންގްލަދޭޝް އަންހެން ކުއްޖަކަށެވެ.

 

އައިޖީއެމްއެޗްގެ އޮފިޝަލަކު މައުލޫމާތު ދެއްވާފައިވާ ގޮތުގައި އެކުއްޖާ އެހޮސްޕިޓަލަށް ގެންދިއުމާއެކު ވަގުތުން އޮޕަރޭޝަން ތިއޭޓަރަށް ވައްދާ ފަރުވާދޭން ފަށާފައިވެއެވެ.

 

އެކުއްޖާ އޮތީ އަދިވެސް ސީރިއަސް ހާލަތުގައި ކަމަށް އޮފިޝަލް ޔަގީންކޮށްދެއްވިއެވެ. ނަމަވެސް އެކުއްޖާއަށް ލިބިފައިވާ އަނިޔާގެ އެއްވެސް ތަފްސީލެއް އަދި އެހޮސްޕިޓަލުން ހިއްސާކޮށްފައެއް ނުވެ އެވެ.

 

މިއަދު ހެނދުނު ހިނގި އެހާދިސާގައި އެކުއްޖާގެ ބޮލަށް ސިމެންތި ބަސްތާ ވެއްޓުނު މަންޒަރު ފެންނަ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވެއެވެ. މީގެއިތުރުން ބަޔަކު ވަނީ އެކުއްޖާ ނިޔާވެއްޖެ ކަމަށް ވެސް ބުނެ ދޮގު މައުލޫމާތެއް ސޯޝަލް މީޑިއާގައި ފަތުރާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ