އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްޓީޑީގެ ފުރަތަމަ ޖަލްސާ މިމަހު 24 ގައި!

އެމްޓީޑީގެ ފުރަތަމަ ޖަލްސާ މިމަހު 24 ގައި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

 

މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުފެއްދުމަށް ބާއްވާ ޖަލްސާ ނުވަތަ އެޕާޓީގެ ފުރަތަމަ ޖަލްސާ މިމަހުގެ 24 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

 

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހުގެ ރޭ 21:00 ގައެވެ. އަދި މި ޖަލްސާ ބޭއްވުމަށް އެމްޓީޑީން ނިންމަވާފައި ވަނީ ދަރުބާރުގޭގައި ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ.

 

މިޖަލްސާގައި އެޕާޓީގެ އަސާސީ ގަވާއިދު ފާސްކުރުން ފަދަ މުހިންމު ކަންކަން ނިންމާނެއެވެ. އެގޮތުން އެ ޕާޓީގެ ކައުންސިލް މެމްބަރުން ވެސް މި ޖަލްސާގައި އައްޔަނު ކުރަން ހަމަޖެހިފައިވެއެވެ.

 

އެމްޓީޑީއަކީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ކުރީގެ ނައިބު ރައީސް އިސްމާއިލް އާސިފް އުފައްދަވާ ސިޔާސީ ޕާޓީއެކެވެ. މި ޕާޓީ އުފައްދަން ހުއްދަ ދީފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހެވެ.

 

އެމްޓީޑީން ވަނީ ކުރު މައްދަތެއްގެ ތެރޭގައި ޕާޓީ އުފެއްދުމަށް ބެނުންވާ އަދަދަށްވުރެ އިތުރަށް މެމްބަރުން ހަމަކޮށް، މެމްބާޝިޕް ފޯމުތައް އީސީއަށް ހުށައަޅާފައެވެ.

 

ލިޔުނީ: ޒިދާން މުހައްމަދު

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު