އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކާމިޔާބު ނުލިބިގެން އުޅެނީ ކާމިޔާބު ލިބިގަންނަން އައުމަށް ދެވޭ ދަޢްވަތު ޤަބޫލު ނުކުރާ މީހުންނަށެވެ!: ވައްހާޖް ޠަރިން

ކާމިޔާބު ނުލިބިގެން އުޅެނީ ކާމިޔާބު ލިބިގަންނަން އައުމަށް ދެވޭ ދަޢްވަތު ޤަބޫލު ނުކުރާ މީހުންނަށެވެ!: ވައްހާޖް ޠަރިން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 47 ސިކުންތު

ނިކަން ވިސްނައި ފިކުރުކޮށްބަލާށެވެ! ދުވާލަކު 5 ފަހަރު ﷲ ތާޢާލާގެ ހުޅުއްވަވައިލެއްވިފައިވާ ދަޢުވަތު ކޮންމެ މީހަކަށްވެސް އެބަ ލިބެއެވެ. ކޮންމެ ފަހަރަކު ތަކުރާރު ކުރެވެއެވެ. އެއީދަޢުވަތު ތަކުރާރުކުރެވޭތީ އެވެ. މިދައްކަނީ ކޮންމެ ދުވަހަކު 5 ފަހަރު ގޮވާ ބަންގީގެ ވާހަކައެވެ. ބަންގީގައި ފަލާޙް، ކާމިޔާބު ލިބިގަތުމަށް އައުމަށް ދައުވަތު ދެވޭ ވާހަކައެވެ. އެ ދައުވަތު ތަކުރާރު ކުރެވޭ ވާހަކައެވެ. "ޙައްޔަޢަލަލްފަލާޙި" ގޮވައިލެވޭ ވާހަކައެވެ. 

ނިކަން ބުނެބަލާށެވެ. މިފަދައިން ދުވާލަކު 5 ފަހަރު ދައުވަތު ދެނީ އިސްލާމް ދީން ފިޔަވައި ކޮން ދީނެއަގައި ހެއްޔެވެ؟ އެހެން އެއްވެސް ދީނެއްގައި މިގޮތަށް ދައުވަތު ނުދޭ ނޫން ހެއްޔެވެ؟

މިކަމުގެ ޙިކުމަތަށްބަލާއިރު ފާހަގަކުރެވޭ އެއްކަމަކީ ޢަހަރެމެންނަށް ކާމިޔާބު މިންވަރުކުރައްވަވަން ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގަންނަވާ މިންވަރެވެ. ހަނދުމަކޮށްދީގެންވެސް މީސްތަކުން ކާމިޔާބުގެ މަގަށް ވާޞިލުވުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ މިންވަރެވެ. 

ބަންގީގެ ކަލިމަތަކަކީ އެއްވެސް މީހަކު އަމިއްލައަށް އުފައްދާފައިވާ އެއްޗެއް ނޫނެވެ. ﷲ ތަޢާލާ ބާވައިލައްވަވާފައިވާ އެއްޗެކެވެ. ވީއިރު ކޮންމެ ދުވަހަކު 5 ފަހަރު ގޮވައިލެވޭ ބަންގީގެ އަޑު އަހަރެމެންނަށް ނުއިވިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ ﷲ ތަޢާލާ ދެއްވަވާ ކާމިޔާބު ބޭނުން ނުވާތީ ހެއްޔެވެ؟ 

ހަމަ އެޢާއެކު ނިކަން ވިސްނައިލަބަލާށެވެ! މީހަކަށް ދުވާލަކު 5 ފަހަރު، އެމީހާގެ ވެރި މީހާ ކަމެއް ކުރަން އެންގުމުން އެކަމެއް ނުކުރާނަމަ އެމީހާޢަކީ ވެރިމީހާއަށް ކިޔަމަންތެރިއަކަށް ވެދާނެ ހެއްޔެވެ؟ އެފަދަ މީހަކު ވަޒީފާގައި ގެންގުޅޭނެ ހެއްޔެވެ؟ ނުގެންގުޅޭނެއެވެ. ވަޒީފާއިން ވަކިކޮށް ގެއަށް ފޮނުވައިލާނެއެވެ.

ﷲ ތަޢަލާގެ އެންގެވުންތަކަށް އަމަލު ނުކުރި ނަމަވެސް، ބަންގިއަށް އިޖާބަ ނުދިންނަމަވެސް މިދުނިޔޭގައި އެބަ އުޅެވެއެވެ. ނަމަވެސް ވިސްނާށެވެ! ބަންގިއަށް އިޖާބަ ނުދޭ މީހުންނަށް އެކަމުގެ ވޭން ފެންނާނެ ދުވަސް ނުވަތަ އިޙްޞާޞް ކުރަންޖެހޭނެ ދުވަސް އޮތީ ކުރިއަށެވެ. 

ދުވާލަކު 5 ފަހަރު ﷲ ތަޢާލާ ދެއްވެވި ދައުވަތުގެ އަޑު އަހައި އިޖާބަ ނުދޭ މީހުންނަށް އެދުވަހުން ސަލާމަތެއް ނުވެވޭނެއެވެ. ބަނގީގެ އަޑު ނުއިވޭ ކަމަށް ބުނުމުގެ ފުރުޞަތެއް ނުލިބޭނެއެވެ. ކޮންމެ ދުވަހަކު 5 ނަމާދުކުރަންޖެހޭކަން ނުއެނގޭ ކަމަށް ބުނެގެންވެސް ފުރުޞަތެއް ނުލިބޭނެއެވެ! އަދި ހަނދާން ނެތުނީ ކަމަށް ބުނެގެންވެސް ސަލާމަތެއް ނުވެވޭނެއެވެ. އެހެނީ ކޮންމެ ދުވަހަކު 5 ފަހަރު ބަންގި ގޮވަނީ ހަނދާންކޮށްދިނުމަށް ކަމަށްވާތީއެވެ!

މީސްތަކުންނޭވެ! މިއީ ވަރަށްކުރުކުރު ވާހަކަކޮޅެކެވެ. ނަމަވެސް ވިސްނައިފި މީހަކަށް ކަންތައްތަކެއް ވިސްނޭނެއެވެ! އަހަރެންގެ ދުޢާއަކީ އެންމެންނަކީވެސް ވިސްނައި ފިކުރުކުރާ ބައަކަށްވުމެވެ. ބަންގިއަށް އިޖާބަދީ ފަލާޙް ލިބިގަންނަމުންދާ ބައަކު ކަމުގައިވުމެވެ. 

ވައްހާޖްތަރިންގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް