އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝާހު ރުކް ހާން ކާރެއްގެ ފުރޮޅެއް ވަގަށް ނަގައިފި!

ޝާހު ރުކް ހާން ކާރެއްގެ ފުރޮޅެއް ވަގަށް ނަގައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 57 ސިކުންތު

ލިޔުނީ: ޒިދާން މުހައްމަދު

ބޮލީވުޑްގެ މަޝްހޫރު ތަރި، ޝާހު ރުކް ހާން (ޝާހު) ކާރެއްގެ ފުރޮޅު ވަގަށް ނެގި ކަމަށް، އޭނާ ބުނެފިއެވެ. ޝާހު މިހެން ބުނެފައި ވަނީ އިންޑިއާގެ މީޑިއާއަކަށް ދިން ޙާއްސަ އިންޓަވިއުއެއްގައެވެ.

އިންޓަވިއު ދެމުން ޝާހު ކިޔައިދިން ގޮތުގައި،  އެފުރޮޅު ވަގަށް ނަގާފައިވަނީ އެއްދުވަހު އޭނާ ކާރު ދުއްވާފައި ދަނިކޮށް އޭނާގެ ކާރުގެ ފުރޮޅު ފަޅައިގެން ދިއުމުގެ ސަބަބުންނެވެ. އަދި އެވަގުތު އޭނާގެ ކާރުގައި ރިޒާވް ފުރޮޅެއް ނެތުމުން އެތާ ކައިރި ޕާކު ކޮށްފައި އޮތް ހަމަ އެކަހަލަ ކާރެއްގެ ފުރޮޅު ނެގީކަމަށެވެ.

މީގެ އިތުރުން، ޝާހު ބުނީ ފުރޮޅު ވަގަށް ނެގުމަށްފަހު ޝުކުރުގެ ނޯޓެއްވެސް އެ ކާރުގައި އޭނާ ހަރު ކުރި ކަމަށެވެ. އިންޓަވިއު ކުރި ފަރާތުން ޝާހުއާ ސުވާލުކުރުމުން އޭނާ ބުނީ އޭނާ އަކީ އާއްމުކޮށް ވައްކަން ކުރާ މީހެއް ނޫން ކަމަށެވެ. އަދި މިއީ އެފަދަ ކަމެއް އޭނާ ކުރި ފުރަތަމަ ފަހަރު ކަމަށެވެ.

ނަމަވެސް، އެއީ ކޮންތާކު ހިނގި ކަމެއްތޯ ސުވާލު ކުރުމުން ޝާހު ބުނީ، ބުނެވެން ނެތް ކަމަށެވެ. ޝާހު ޤަބޫލު ކުރާ ގޮތުގައި އެއީ ކޮންތަނެއް ކަން ބުނެފި ނަމަ، ކާރުގެ ވެރި ފަރާތުން އޭނާ ގާތަށް އަތުވެދާނެއެވެ. މި ވާހަކަ މިހާރު އިންޑިޔާގެ ނޫސްތަކުގެ ފަލަސުރުހީގައި ދައުރުވަމުން އެބަދެއެވެ. 

ޝާހު ބޮލީވުޑްއަށް ތަޢާރަފް ވެފައި ވަނީ 1992 ވަނަ އަހަރު ކަން ފާހަގަކޮށްލެވެއެވެ. އަދި އޭނާ ވަނީ 14 އަށް ވުރެ ގިނަ ފިލްމް ފެއާ އެވޯޑް ހާސިލްކޮށްފައެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް