އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަރުކާރު އޮފީސް ކުންފުނި ތަކުގެ ހަތަރުވަނަ ހޭންޑްބޯޅަ މުބާރާތް އަންނަ މަހު ފަށަން ނިންމައިފި

ސަރުކާރު އޮފީސް ކުންފުނި ތަކުގެ ހަތަރުވަނަ ހޭންޑްބޯޅަ މުބާރާތް އަންނަ މަހު ފަށަން ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

ހަތަރު ވަނަ ސަރުކާރު އޮފީސް ކުންފުނި ތަކުގެ ހޭންޑްބޯޅަ މުބާރާތް އަންނަ މަހު ފަށަން ނިންމައިފިއެވެ.

 

ހޭންޑްބޯލް މޯލްޑިވްސްއިން އިންތިޒާމް ކޮށްގެން ބާއްވާ މި މުބާރާތް ފެށުމަށް ނިންމާފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ސަރުކާރު އޮފީސް އަދި ކުންފުނިތަކުން މުބާރާތުގެ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު މި ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުގެ އޮފީސް ބަންދުކުރުމުގެ ކުރިން ހުށަހަޅަން ޖެހެއެވެ.

 

މިއަހަރުގެ މުބާރާތްވެސް ކުރިއަށް އަންހެން އަދި ފިރިހެން ވަކިން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އިރު، މުބާރާތުގައި ބައިވެރިވުމުގެ ފޯމު ގަލޮޅު ދަނޑުގައި ހުންނަ ހޭންޑްބޯލް މޯލްޑިވްސްގެ އޮފީހުން ލިބެންހުންނާނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

 

އެ އެސޯސިއޭޝަނުން ބުނީ އަންނަ މަހުގެ 6 ވަނަ ދުވަހުގެ 14:00ގެ ކުރިން ޓީމް ލިސްޓު ހުށަހަޅަން ޖެހޭ ކަމަށާއި މުބާރާތުގެ ގުރުލުން އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހު ކަމަށެވެ.

 

ފައިބެއަހަރު ބޭއްވި ތިން ވަނަ ސަރުކާރު އޮފީސް ކުންފުނިތަކުގެ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ އެމްޕީއެލް ހޯދި އިރު، އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ އިމިގްރޭޝަން އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް