އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމްދީނުގައި "ސުންނާ"ގެ މަގާމު އަދި ސަލަފުން އެއަށް ދެއްވާފައިވާ ޢިނާޔަތް!- 2

އިސްލާމްދީނުގައި "ސުންނާ"ގެ މަގާމު އަދި ސަލަފުން އެއަށް ދެއްވާފައިވާ ޢިނާޔަތް!- 2


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 22 މިނެޓް, 12 ސިކުންތު

ޞަޙާބީ ބޭކަލުންގެ ކޮނޑުފުޅުގައިއެޅިފައިވާ މަތިވެރި މަސްއޫލިއްޔަތު އެބޭކަލުންނަށް އިޙްސާސްކުރެވުނެވެއެއީ އިސްލާމީ ޝަރީޢަތް – ޤުރުއާނާއި ސުންނަތް – ރައްކާތެރިކުރުމާއި އެއަށްޢަމަލުކުރުމާ އަދި އުންމަތަސް އެ ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތެވެ. އެއީ ﷲ ގެ ރަސޫލާ صلىاللهعليهوسلمއެބޭކަލުންނަށް ފޯރުކޮށްދެއްވިއަމާނާތްތެރިކަންމަތީ މީސްތަކުންނަށް އެ ފޯރުކޮށްދެއްވުމެވެ. އެގޮތުންއެބޭކަލުންވީ ނަބިއްޔާ صلىاللهعليهوسلمއަށް ފަހު، މިއަމާނާތްއުފުއްލެވި އަދި ފޯރުކޮށްދެއްވި އެންމެ ހެޔޮ ބޭކަލުންނަށެވެ. އެކަންއައިސްފައިވަނީ ﷲ ގެ ރަސޫލާ صلىاللهعليهوسلمއެބޭކަލުންނަށްކުރައްވާފައިވާ ވަޢުދުފުޅު އިޙްސާސުވުމުންނެވެ. އެގޮތުން އެކަލޭގެފާނުޙަދީޘްކުރެއްވިއެވެ.

((بَلِّغُواعَنِّيوَلَوْآيَةً،وَحَدِّثُواعَنْبَنِيإِسْرَائِيلَوَلاَحَرَجَ(( [1]

މާނައީ: “ތިމަންކަލޭގެފާނުގެ އަރިހުން އެންމެ އާޔަތެއްނަމަވެސް ފޯރުކޮށްދޭށެވެއަދި ބަނޫ އިސްރީއީލުންގެ ވާހަކަތައް ކިޔައިދީ އުޅުމަކީ މައްސަލައެއްނޫނެވެ.”

އަދިވެސް ޙަދީޘްކުރެއްވިއެވެ.

((نَضَّرَاللَّهُامْرَأًسَمِعَمِنَّاشَيْئًافَبَلَّغَهُكَمَاسَمِعَ،فَرُبَّمُبَلِّغٍأَوْعَىمِنْسَامِعٍ))[2]

މާނައީ: “ތިމަންކަލޭގެފާނުގެ އަރިހުން ޙަދީޘެއް އިވުމުން ފަހެ އެޙަދީޘް އެއިވުނުގޮތަށް ފޯރުކޮށްދިން މީހެއް އުޖާލާ ކުރައްވާނދޭވެ. ފަހަރުގައި އަޑު އިވުނުމީހާއަށްވުރެ އެފޯރުކޮށްދެވުނު މީހާއަށް، ބޮޑަށް އެވިސްނުންއެކަށީގެންވެއެވެ.”

އަދިވެސް ޙަދީޘްކުރެއްވިއެވެ.

))مَنْكَذَبَعَلَيَّمُتَعَمِّدًافَلْيَتَبَوَّأْمَقْعَدَهُمِنِالنَّارِ))[3]

މާނައީ: “ޤަޞްދުގައި ތިމަންކަލޭގެފާނާ ބެހޭ ގޮތުން ދޮގެއް ހަދައިފިމީހަކުދަންނައެވެ. ފަހެ، އެމީހެއްގެ ޖާގަ ނަރަކައިން ލިބިގަންނާށެވެ. “

އަދިވެސް ޙަދީޘްކުރެއްވިއެވެ.

((كَفَىبِالْمَرْءِكَذِبًاأَنْيُحَدِّثَبِكُلِّمَاسَمِعَ(( [4]

މާނައީ: “މީހަކަށް އިވޭ ކޮންމެ އެއްޗެއްގެ ވާހަކަ ދެއްކުން އެއީ ދޮގެއްކަމުގައި އެމީހަކަށް ފުދެއެވެ.”

އަދިވެސް ޙަދީޘްކުރެއްވިއެވެ.

((مَنْحَدَّثَعَنِّيبِحَدِيثٍيُرَىأَنَّهُكَذِبٌ،فَهُوَأَحَدُالْكَاذِبِينَ)) [5]

މާނައީ: “ތިމަންކަލޭގެފާނަށް ނިސްބަތްކޮށް ޙަދީޘެއް ނަޤުލުކުރާއިރު، އެއީދޮގެއްކަމުގައި ހީވާ ޙާލުވެސް އެ ނަޤުލުކުރާމީހާ ދަންނައެވެ. އޭނާ ވާހުށީދޮގުވެރިންކުރެ އެކަކަށެވެ.”

އަދި މިނޫން އެހެން ޙަދީޘްތައްވެސް ވެއެވެ.

އެހެންކަމުން ޞަޙާބީ ބޭކަލުންވީ ދީންފޯރުކޮށްދެއްވުމުގައި ނުހަނު ސަމާލުކަން ދެއްވި ބޭކަލުންނަށް ވީ ހިނދުވެސް ﷲގެ ރަސޫލާ صلىاللهعليهوسلمގެ އަރިހުން ގެންނަ ރިވާޔަތްތަކުގައިރައްކާތެރިވި ޘާބިތުކުރެއްވި ބޭކަލުންކަމުގައެވެ. އެގޮތުން އެބޭކަލުންނަށްޔަޤީންވާ އެއްޗެއް މެނުވީ ﷲ ގެ ރަސޫލާ صلىاللهعليهوسلمއަށްނިސްބަތްކޮށް އެބޭކަލުން ރިވާކުރައްވާފައި ނުވެއެވެ. އަދި ޚަބަރެއްލިބުމުންވެސް އޭގެ ތެދުކަން ނުބަލާ އެ ޤަބޫލު ނުކުރައްވައެވެ.

މިތަނުގައި މިބަޔާންކޮށްލަނީ އެކަމާ ބެހޭގޮތުން އެބޭކަލުން ވިދާޅުވެފައިވާ ބައެއް ބަސްފުޅުތަކާއި ހިނގާފައިވާ ބައެއް ޙާދިޘާތަކެވެ.

1- އަނަސް رضياللهعنهވިދާޅުވިއެވެ.

ކުށެއް ކީދާނެކަމަށް ތިމަންކަލޭގެފާނު ބިރުފުޅު ނުގަންނަނަމަ ތިމަންކަލޭގެފާނަށް ﷲގެ ރަސޫލާ صلىاللهعليهوسلمގެ އަރިހުން އިވިވަޑައިގެން ކަންތައްތަކެއްނުވަތަ އެކަލޭގެފާނު ވިދާޅުވި ބަސްފުޅުތަކެއް ރިވާކުރެއްވީމުހެވެ. އެހެނީއެކަލޭގެފާނު ޙަދީޘްފުޅުކުރައްވާތީ ތިމަންކަލޭގެފާނު އެއްސެވީމެވެ 

((مَنْكَذَبَعَلَيَّمُتَعَمِّدًافَلْيَتَبَوَّأْمَقْعَدَهُمِنِالنَّارِ))[1]

މާނައީ: “ޤަޞްދުގައި ތިމަންކަލޭގެފާނާ ބެހޭ ގޮތުން ދޮގެއް ހަދައިފިމީހަކުދަންނައެވެ. ފަހެ، އެމީހެއްގެ ޖާގަ ނަރަކައިން ލިބިގަންނާށެވެ. ” “

2- އިބްނު ސީރީން ވިދާޅުވިއެވެ.

ﷲ ގެރަސޫލާ صلىاللهعليهوسلمގެ އަރިހުން އަނަސްގެފާނު ރިވާކުރައްވަނީ ވަރަށްމަދުންނެވެ. އެގޮތުން އެކަލޭގެފާނުގެ އަރިހުން ޙަދީޘެއް ރިވާކުރައްވާނަމަވިދާޅުވެއެވެ. އެފަދަ ގޮތަކަށް އެކަލޭގެފާނު صلىاللهعليهوسلمޙަދީޘްކުރެއްވިއެވެ. ” [2]

3- ޝައުބީއާއި އިބްނު ސީރީންގެ އަރިހުން ރިވާވެފައިވެއެވެ.

ހަމަކަށަވަރުން ﷲ ގެ ރަސޫލާ صلىاللهعليهوسلمގެ އަރިހުން އިބްނު މަސްޢޫދުރިވާކުރައްވާއިރު އެކަލޭގެފާނުގެ މޫނުފުޅުގެ ކުލަބަދަލުވެއެވެ. އަދިވިދާޅުވެއެވެ. މިފަދައިން ނުވަތަ މިފަދަ ގޮތަކަށެވެ. އަދި މިފަދައިންނުވަތަ މިފަދަ ގޮތަކަށެވެ. (އެބަހީ: ﷲ ގެ ނަބިއްޔާ صلىاللهعليهوسلمވިދާޅުވީ ނުވަތަ ޢަމަލުކުރެއްވީ މިފަދައިންނެވެ. ނުވަތަ މިފަދަގަތަކަށެވެ.)” [3]

4- ޝައުބީގެ އަރިހުން ރިވާވެފައިވެއެވެ.

އިބްނުޢުމަރުގެ އަރިހުގައި އެއް އަހަރުވަންދެން މަޖުލީސްކުރެއްވީމެވެ. ފަހެ، ﷲ ގެރަސޫލާ صلىاللهعليهوسلمގެ އަރިހުން އެކަލޭގެފާނު އެންމެ ޙަދީޘެއްވެސްޛިކުރުކުރައްވާ އަޑެއް، ތިމަންކަލޭގެފާނަށް އިވިވަޑައިނުގަންނަވައެވެ.” [4]

5- އަދި ޢަބްދުއްރަޙްމާނު ބިން އަބީ ލައިލާ ވިދާޅުވިއެވެ.

މުޙައްމަދުصلىاللهعليهوسلمގެ އަޞްޙާބުބޭކަލުން ކުރެ ސަތޭކަވިހި އަންޞާރީބޭކަލުންނާ ތިމަންކަލޭގެފާނާ ބައްދަލުވިއެވެ. އެބޭކަލުންކުރެ އެއްވެސްބޭކަލަކު ޙަދީޘެއް ރިވާކުރައްވާނަމަ އެހެން ބޭކަލަކު އެކަން ކުރައްވުމަށްއެދި ނުލައްވާ ބޭކަލަކު ނުވެއެވެ. އަދު ސުވާލެއް ވެވިއްޖެނަމަވެސް އެހެންބޭކަލަކު އެކަން ކުރެއްވުމަށް އެދި ނުލައްވާ ބޭކަލަކު ނުވެއެވެ.” [5]

އަދި އެހެން ރިވާޔަތެއްގައިވެއެވެ.

އެބޭކަލުންކުރެބޭކަލަކާ މައްސަލައެއްގައި ސުވާލު ދެންނެވުމުން އެއްބޭކަލަކު އަނެއްބޭކަލަށް ރައްދުކުރައްވަމުން އައިސް އެންމެ ފުރަތަމަ ސުވާލުވެވުނު ބޭކަލަކާހަމައަށް އެ ސުވާލު އާދެއެވެ.” [6]

6- އަދި ސާއިބު ބުން ޔަޒީދުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

” ސަޢުދުގެފާނާ އެކު މައްކާއަށް ދަތުރުކުރެއްވީމުއެވެ. ފަހެ މަދީނާއަށްއާދެވިއްޖައުމަށް ދާންދެންވެސް، ﷲ ގެ ރަސޫލާ صلىاللهعليهوسلمގެ އަރިހުންއެންމެ ޙަދީޡެއްވެސް އެކަލޭގެފާނު ރިވާ ނުކުރައްވައެވެ.” [7]

7- އަދި ޢަބްދުއްރަޙްމާނު ބިން އަބީ ލައިލާ ވިދާޅުވިއެވެ.

” ޒައިދުބިން އަރުޤަމަށް ތިމަން ބޭކަލުން ދެންނެވީމެވެ. ﷲ ގެ ރަސޫލާ صلىاللهعليهوسلمގެ އަރިހުން ހަދީޡެއް ރިވާކޮށްދެއްވާށެވެ. ފަހެ ވިދާޅުވިއެވެ. ތިމަންބޭކަލުން ޢުމުރުން ދޮށީވުމުން ހަނދުމަނެތިއްޖެއެވެ. ﷲ ގެ ރަސޫލާ صلىاللهعليهوسلمގެ އަރިހުން ޙަދީޘެއް ރިވާކުރުމަކީ ވަރަށް ބޮޑުކަމެކެވެ.” [8]

ދެވަނައީ: ތާބިޢީ ބޭކަލުންގެ ޒަމާނުގައި ސުންނަތަށް ދެއްވާފައިވާ އަހަންމިއްޔަތު

ޞަޙާބީ ބޭކަލުންގެ ދުވަސްވަރު ނިމުނުއިރުތާބިޢީ ބޭކަލުންގެ ދުވަސްވަރުވަނީ ފެށިފައެވެ. އޭރު ފިތުނައާއި ބިދުޢައާއިހަވާނަފްސަށް ތަބާވުމުގެ ކޮޅުމަތިވަނީ ފެށިފައެވެ. އެހެނީ އިސްލާމްދީނުގެޢަދާވާތްތެރިންކަމުގައިވާ ޔަހޫދީންނާއި ނަޞާރާއިންނާއި މަޖޫސީންނާއިޞާބިއީންނާއި ފަލްސަފާވެރިންވަނީ މީސްތަކުންނާ ހަމައަށް ޞަހާބީ ބޭކަލުންއެގެނެސްދެއްވި ދީނާ ދިމާކޮށްފައެވެ. އަދި ދުނިޔޭގެ ކަންކޮޅުތަކަށްއިސްލާމްދީން ފެތުރިގެން ދިޔުމާ އަދި މުސްލިމުންނަށް ލިބެމުން ދިޔަމަތިވެރި ނަޞްރުތަކާމެދު އެބައިމީހުންވަނީ ނުހަނު ކަންބޮޑުވެފައެވެއިސްލާމްދީން ފެތުރިގެންދާތީ ޢަސްކަރީ ގޮތުން ކުރިމަތިލައިގެންކުރިއެރުމެއް ނުލިބުމުން، ދީނުގެ ޢަދާވާތްތެރިން ދެން މަސައްކަތްކުރީއިސްލާމްދީނަށާއި އެދީނުގެ އަހުލުވެރިންނަށް މަކަރާއި ޙީލަތް ހެދުމަށެވެފަހެ އެގޮތުން މުސްލިމުންގެ މެދުގައި ފިތުނަތަކާއި ޝައްކުތަކާއި ޝުބުހަތައްފެތުރިއެވެ. ޚާއްޞަކޮށް އަލަށް އިސްލާމްވާ މީސްތަކުންގެ މެދުގައެވެ.

އެފިތުނަތައް ފެށިފައިވާނީ ޙުޛައިފާ رضياللهعنهގެ އަރިހުން އިމާމް މުސްލިމު ރިވާކުރައްވާފައިވާ ޙަދީޘްގައިވާފަދައިން ފިތުނައިގެ ދޮރު ހަލާކުވެގެން ދިޔުމުންނެވެ. ކަނޑުގެރާޅުތައްފަދައިން އަންނާނެކަމަށް ރަސޫލާ صلىاللهعليهوسلمޚަބަރުދެއްވާފައިވާ ފިތުނައާ ބެހޭގޮތުން ޢުމަރު رضياللهعنهއެކަލޭގެފާނަށް ސުވާލު ދެންނެވިއެވެ. ފަހެ ޖަވާބުގައި ޙުޛައިފާވިދާޅުވިއެވެ.

އޭ އަމީރުލް މުއުމިނޫންނެވެ. ކަލޭގެފާނާއެކަމަކާ ގުޅުމެއް ނުވެއެވެ. ކަލޭގެފާނާ އެއާ ދެމެދުގައިބަންދުކުރެވިފައިވާ ދޮރެއް ވެއެވެ. ފަހެ، އުމަރުގެފާނު ވިދާޅުވިއެވެ. އެދޮރު ހުޅުވޭނީ ހެއްޔެވެ؟ ނުވަތަ ހަލާކުކޮށްލެވޭނީ ހެއްޔެވެ؟ ވިދާޅުވިއެވެކިއެއް ހެއްޔެވެ. ހަލާކުކޮށްލެވޭނީއެވެ. ޢުމަރުގެފާނު ވިދާޅުވިއެވެ. ފަހެހަމަކަށަވަރުން އެހެންވިއްޔާ ގާތްވެގެންވަނީ އެދޮރު ދެވަނަ ފަހަރަށްނުލެއްޕުމެވެ.”

މިޙަދީޘްގައި ޙުޛައިފަތުގެފާނުޚަބަރުދެއްވާފައި އެވަނީ އެދޮރަކީ ޢުމަރުގެފާނުކަމަށް، ޢުމަރުގެފާނަށްއެނގިވަޑައިގަންނަވާކަމުގައެވެ. އެއީ މާދަމާއާ ދެމެދުގައިވަނީ މިރޭކަންއެނގޭ ފަދައިންނެވެ. [އެބަހީ: އެހާ ޔަޤީންކަމާ އެކުއެވެ.][1]

އެ ދޮރު ހަލާކުވެފައިވަނީ ޢުމަރުގެފާނުرضىاللهعنهޝަހީދުވުމުންނެވެ. އެކަން ހިނގީ މަޖޫސީންނާއި ނަޞާރާއިންގެރޭވުމަކުންނެވެ. އެއަށްފަހު ޢުމަރުގެފާނުގެ ސަބަބަން ބަންދުކުރެވިފައިހުރިފިތުނައިގެ ދޮރު ހުޅުވިގެން ދިޔައެވެ. ޢުމަރުގެފާނުގެ ތާރީޚު ދިރާސާކޮށްފިކޮންމެ މީހަކަށް ފެނިގެންދާނީ ޢުމަރުގެފާނުގެ ހުށިޔާރުކަމެވެ. ފަހެ ކޮންމެތަނަކުންވިޔަސް ފިތުނައެއް ނުވަތަ ބިދުޢައެއް ފާޅުވާން އުޅޭ ކޮންމެފަހަރަކު އޭގެ ޅަފަތުގައި ވަނިކޮށް އެކަމެއް ނައްތާލައްވައެވެ.

އެގޮތުން ޞަބީޣު ބިން ޢިސްލުގެ[1]ވާހަކައާއި ދާނިޔާލު[2]އޭ ކިޔުނު ނަބިއްޔާގެ ޞުޙުފު ނަގައިގެން މީސްތަކުންގެ މެދުގައި ފަތުރަމުންދިޔަ މީހާއާ މެދު ޢުމަރުގެފާނު ޢަމަލުކުރައްވާފައިވާ ގޮތުގެ ވާހަކައަކީމިކަމަށް ދަލީލުކޮށްދޭ ދެމިސާލެވެ.

ފަހެ، އެދެމީހުންގެ ކަންތައް ޢުމަރުގެފާނުނިންމަވާފައިވަނީ އެދެމީހުންވެސް މަދީނާއަށް ގެނެއުމަށްފަހު ތައުބާވެ،އެތައުބާ އިޢުލާނު ކުރަންދެން ބަންދުގައި ބަހައްޓައިގެން ތަޅުއްވައިގެނެވެއެހިސާބުން އެދެމީހުންވެސް އަލުން އާއިލާކައިރިއަށް ފޮނުއްވިއެވެ. އަދިއެއްމަސްދުވަސް ވަންދެން އެދެމީހުންނާ މަޖްލިސްކޮށް ވާހަކަދެއްކުމަށްމީސްތަކުންނަށް މަނާކުރެއްވިއެވެ. އެކަން ރިވާކުރެއްވި ރާވީ ވިދާޅުވިއެވެ.

ބަޞަރާގައި ބަލިޖަމަލެއްހެން ޞަބީޣުހިނގާބިނގާވެ އުޅޭތަން ތިމަން ދުށީމުއެވެ. އޭނާއާ އެކަކުވެސް ގާތްނުވެއެވެ. އެއީ ޢުމަރުގެފާނު އޭނާއާ މެދު ޢަމަލުކުރައްވަން ބޭނުންފުޅުވިގޮތެވެ.”

ފިތުނައުފައްދާ މީހުންނާއިބިދުޢަވެރިންނާއި ހަވާނަފްސަށް ތަބާވާ މީހުންގެ ފުށުން މިއުންމަތާއިސްލާމްދީނާއި ނުދީނުގެ ޢަޤީދާ ރައްކާތެރިވެގެންދަނީ އެފަދައިންނެވެމިފަދައިން މުސްލިމުންގެ ޙާކިމަކީ އަމާނާތްތެރިކަމާއެކީ މުސްލިމުންގެދީނާއި ޢަޤީދާއާ އަދި އަޚްލާޤު ރައްކާތެރިކޮށްދޭ މީހަކަށް ވާންޖެހެއެވެމިޙުރާބުގައި ޝަހީދުވެގެން ދިޔަ ޢުމަރު رضياللهعنهއަށް ﷲ ރަޙްމަތްލައްވާށިއެވެ. އަދި ތަނަވަސްވެގެންވާ ސުވަރުގެއަށް އެކަލޭގެފާނުވައްދަވާށިއެވެ. އަދި އަޅަމެން އެކަލޭގެފާނުދެކެވާ ލޯބީގެ ސަބަބުންޤިޔާމަތްދުވަހު އެކަލޭގެފާނާ އެކު އަޅަމެން މަޙްޝަރުކުރައްވާފާނދޭވެ.

ދެން މަޖޫސީންނާއި ނަސާރާއިން ގުޅިގެންރޭވި ރޭވުންތަކަށް އިތުރުވެގެން ދިޔައީ ޔަހޫދީންގެ މަކަރުވެރިކަމެވެއެކަން ހިނގައިދިޔައީ އިބްނު ސަބާގެ އަތް މައްޗަށެވެ. އޭނާވެގެންދިޔައީއެއަށްފަހު އިސްލާމްދީނަށް ކުރިމަތިވި ކޮންމެ ފިތުނައެއްގެ އަސާސްކަމެވެދެން އެއަށްފަހު ފިތުނަތަކާއި ބިދުޢަތައް ވިދިވިދިގެންއައެވެ. ފަހެއެއަށްފަހު ޤަޟާގަދަރަށް އިންކާރުކުރި މީހުންގެ ބިދުޢަ ފާޅުވިއެވެ. ދެންފާޅުވީ ޖަހުމީންނާއި ރާފިޟީންނާއި މުޢުތަޒިލާއިންގެ ފިތުނައާއި އެނޫންވެސްފިތުނަތަކެވެ.

ފިތުނަތަކާއި ބިދުޢަތަކާއި ހަވާނަފްސަށްތަބާވުން ފެތުރިގެން ދިޔުމުން، ޞަޙާބީ ބޭކަލުންގެ ޖީލަށްފަހު ވަޑައިގަތްތާބިޢީންނާއި އަތުބާޢުއްތާބިޢީންނާއި އެނޫންވެސް ޞާލިޙު ޖީލުތަކުގެބޭކަލުން ސުންނަތް ރައްކާތެރިކުރެއްވުމަށް ބޭނުންކުރެއްވީ އެހެންމަގުތަކަކާއި ދާއިރާތަކެކެވެ. އެއީ އެޒަމާނުގައި އެބޭކަލުންނަށްލިބިވަޑައިގަތް ވަސީލަތްތަކުގެ އަލީގައެވެ.

އެ ދާއިރާތަކަކީ:

1.     ދަސްކުރުމަށް ސަމާލުކަން ދިނުން

2.     ސަނަދާ ބެހޭގޮތުން ސުވާލުކުރުން

3.     ސަނަދުގައިވާ މީހުންނާމެދު ސުވާލުކުރުމާ އަދި އެކަމާ ގުޅުންހުރިޚަބަރުތައް ނަޤުލުކުރުން. އޭގެ ސަބަބުން عِلْمُالرِّجَال (ސަނަދުގައިވާރާވީންނާ ގުޅުންހުރި ޢިލްމު)ވަނީ ފެށިފައެވެ. އެކަން ވެފައިވަނީ މިއުންމަތާއެހެން އުންމަތްތަކާ މެދުގައިވާ ފަރަޤަކަށެވެ.

4.     ފަތްފުށްތަކުގައްޔާއި ފޮތްތަކުގައި ސުންނަތް ރައްކާކުރުން. އެއަށްފަހުބާބުތައް އަތުރާލެވިފައިވާ ފޮތްތަކަށް އެކަންވަނީ ބަދަލުވެފައެވެ. އެގޮތުންކުތުބުއްސިއްތާއާ އިމާމް މާލިކުގެ މުވައްޠާއާއި އަދިވެސް އެހެންފޮތްތައްލިޔެވިފައިވަނީ އެފަދަ ތަރުތީބަކަށެވެ. އަދި އިމާމު އަޙްމަދުގެ މުސްނަދާބައެއް އެހެން ފޮތްތައް އައިސްވަނީ مسند (ވަކި ރާވީއެއްގެ ކިބައިންއައިސްފައިވާ ޙަދީޘްތައް ތަރުތީބު) ކުރެވިގެންނެވެ. އަދި މިނޫންދާއިރާތަކުންވެސް ޚިދުމަތްކުރެވިފައިވެއެވެ. ﷲ ގެ އިޛުނަފުޅާއެކު، އެކަމުގެތަފްޞީލު މިފޮތުގެ އެހެން ހިސާބެއްގައި ގެނެސްދޭނަމަވެ.

ތިރީގައި މިގެނެސްދެނީ ސަނަދުގައިވާބޭކަލުންގެ ވާހަކަދައްކާއިރު، ޘާބިތުވާ ވާހަކަދެއްކުމާއި އެކަމުގައިފަރުވާތެރިވުމާ އަދި އިތުބާރު ނުހިފޭ މީހުންގެ ކިބައިން ޚަބަރުތައްނުގެނައުމަށް ސަލަފުންގެ ބައެއް އިމާމުން ވިދާޅުވެފައިވާ ބަސްފުޅުތަކެވެ.

5.     1އިމާމު މުސްލިމު ބިން ޙައްޖާޖު ވިދާޅުވިއެވެ.

ދަންނާށެވެ. – ﷲ ތިބާއަށް ތައުފީޤުދެއްވާށިއެވެ. – ޞައްޙަ ރިވާޔަތްތަކާއި ޟަޢީފު ރިވާޔަތްތައް ވަކިކުރަންއެނގޭ އަދި އިތުބާރުކުރެވޭ ރާވީންނާއި ތުހުމަތުކުރެވޭ ރާވީން ވަކިކުރަންއެނގޭ ކޮންމެ މީހެއްގެ މައްޗަށް ވާޖިބުވެގެންވަނީ ޞައްޙަ ރިވާޔަތެއް ނޫނީރިވާ ނުކުރުމެވެ. އަދި އޭގެ ސަނަދުގައި ރަނގަޅު މީހުންވާ ޙަދީޘެއް ނޫނީރިވާ ނުކުރުމެވެ. އަދި ތުހުމަތުކުރުވޭ މީހުންނާއި ދެކޮޅުވެރިކަން ދައްކާ،ބިދުޢަ ހަދަމުންދާ މީހުންގެ ރިވާޔަތްތައް ދޫކޮށްލުމެވެ.” [1]

ދެން އެއަށްފަހު ސަނަދާއެކުގެންނަވާފައިވަނީ ﷲގެ ރަސޫލާ صلىاللهعليهوسلمގެ އަރިހުން އަބޫ ހުރައިރާرضياللهعنهރިވާކުރައްވާފައިވާ ރިވާޔަތެކެވެ. ހަމަކަށަވަރުންއެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

6. ))يَكُونُفِيآخِرِالزَّمَانِدَجَّالُونَكَذَّابُونَ،يَأْتُونَكُمْمِنَالْأَحَادِيثِبِمَالَمْتَسْمَعُواأَنْتُمْ،وَلَاآبَاؤُكُمْ،فَإِيَّاكُمْوَإِيَّاهُمْ،لَايُضِلُّونَكُمْ،وَلَايَفْتِنُونَكُمْ (([2]

މާނައީ: “ފަހު ޒަމާނުގައި ދޮގުވެރި ދައްޖާލުންތަކެއް ވާނެއެވެ. ތިޔަބައިމީހުންނާއިތިޔަބައިމީހުންގެ ކާބަފައިންވެސް އަޑު ނާހާ ޙަދީޘްތައް އެއުރެންކިޔާނެއެވެ. ފަހެ، ތިޔަބައިމީހުން އެއުރެންނާ ދުރުހެލިވާށެވެ. އަދިއެއުރެން ތިޔަބައިމީހުންނާ ދުރުހެލިކުރާށެވެ. އެއުރެން ތިޔަބައިމީހުންމަގުފުރެއްދިޔަ ނުދޭށެވެ. އަދި އެއުރެން ތިޔަބައިމީހުން ފިތުނަވެރިކުރިޔަނުދޭށެވެ.”

ދެން މުޖާހިދުގެ އަރިހުން ސަނަދުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

އިބްނުޢައްބާސްގެ އަރިހަށް ބަޝީރު ބިން ކަޢުބު އައެވެ. އަދި ހަދީޘްތަކެއްކިޔައިދޭން ފެށިއެވެ. ބުންޏެވެ. ﷲ ގެ ރަސޫލާ صلىاللهعليهوسلم ޙަދީޘްކުރެއްވިއެވެﷲގެރަސޫލާصلىاللهعليهوسلمޙަދީޘްކުރެއްވިއެވެފަހެ، އިބްނު ޢައްބާސް އޭނާގެ ވާހަކަ ނުއެއްސެވިއެވެ. އަދި އޭނާއަށްނުބެއްލެވިއެވެ. ފަހެ (ބަޝީރު) ބުންޏެވެ. އޭ އިބްނު ޢައްބާސްއެވެ. ތިމަންގެވާހަކަ ކަލޭގެފާނު އަޑުނޭއްސެވީ ކީއްވެ ހެއްޔެވެ. ﷲ ގެ ރަސޫލާ صلىاللهعليهوسلمގެ ހަދީޘް ކިޔައިދިނުމުންވެސް ކަލޭގެފާނު ނުއައްސަވައެވެ. ފަހެއިބްނު ޢައްބާސް ވިދާޅުވިއެވެ. މީގެ ކުރިން މީހަކު އައިސް، ﷲ ގެ ރަސޫލާ صلىاللهعليهوسلمވިދާޅުވިކަމަށް ބުނުފިނަމަ ތިމަން ބޭކަލުންގެ ލޯތައްއެމީހަކަށް ހުއްޓެއެވެ. އަދި ކަނުލާ އެމީހެއްގެ ވާހަކަ އަޑުއައްސަވަމެވެއެހެނަސް މީސްތަކުން އެކިމަގުމަގު ޚިޔާރުކުރަން ފެށުމުން، މީސްތަކުން ކުރެދަންނަ މީހެއްގެ ފުށުން މެނުވީ ތިމަން ބޭކަލުން ޙަދީޘް ނުނަންގަވަމެވެ.”[3] 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު