އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރެޑްވޭވް އަހަރީ ބާޒާރުގެ ނަސީބުވެރިން ހޮވައިފި

ރެޑްވޭވް އަހަރީ ބާޒާރުގެ ނަސީބުވެރިން ހޮވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

  ޑްވޭވް އިން 15 ނޮވެމްބަރ 2018 އިން 15 ޖެނުއަރީ 2019 ގެ ނިޔަލަށް،ރެޑްވޭވް ގެ ހުރިހާ ފިހާރައެއްގައި ކުރިއަށް ގެންދިޔަ ރެޑްވޭވް އަހަރީ ބާޒާރުގެ ގުރުއަތުނެގުން މިއަދުވަނީ ކުރިއަށްގެންގޮއްސައެވެ.

އަހަރީ ބަޒާރުގެ ގުރުއަތު ނެގުމުގެ ގޮތުން ރެޑްވޭވް މެގަމޯލްގައި ބޭއްވި ރަސްމިއްޔާތުގައި، 3 ފަރާތެއްވަނީ ގުރުއަތުން ހޮވާފައެވެ. އެގޮތުން، 3ވަނަ އިނާމްކަމުގައިވާ 20،000ރ ގެ އިނާމްގެ ހައްޤުވެރި ފަރާތަކީ އައިމިނަތް ސަލާމާ (ކޫޕަން ނަންބަރު: 008871) އެވެ. 2 ވަނަ އިނާމްކަމުގައިވާ 30،000ރ ގެ ނަސީބުވެރިޔަކީ އަބްދުއްލާ މުއިއްޒު ފުއާދް (ކޫޕަން ނަންބަރު: 004542) އެވެ.  އަދި މުބާރާތުގެ އެންމެ ނަސީބުވެރި ފަރާތްކަމުގައިވާ 1 ވަނަ އިނާމްލިބި 50،000ރ ގެ އިނާމް ލިބިގެންދާ ނަސީބުވެރިޔަކީ ޒާހިދާ (ކޫޕަން ނަންބަރު: 009008) އެވެ. 

ރެޑްވޭވްއިން މައުލޫމާތު ދެއްވާގޮތުގައި ރެޑްވޭވް އަހަރީ ބާޒާރު ވެގެންދިޔައީ ވަރަށް ކާމިޔާބު އަދި ކަސްޓަމަރުންގެ ފުރިހަމަ ތަރުޚީބު ލިބިގެންދިޔަ ޕްރޮމޯޝަނަކަށެވެ. ވުމާއިއެކު،މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރެޑްވޭވް"ރޯދަ ސޭލް" ވެގެންދާނީ ކަސްޓަމަރުންނަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ވަރަށް ހެޔޮ އަގުގައި ލިއްބައިދޭނެ، އަދި ގިނަ އިނާމް ތަކެއް ލިބިގެންދާނެ ޕްރޮމޯޝަނެއް ކަމުގައި ރެޑްވޭވުން މައުލޫމާތު ދެއްވައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު