އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުއްވާ މީހުނަށް ކަފިހި ހުރަހަކީ ކޯއްޗެއްކަން ނޭނގެނީ ހެއްޔެވެ؟

ދުއްވާ މީހުނަށް ކަފިހި ހުރަހަކީ ކޯއްޗެއްކަން ނޭނގެނީ ހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

ލިޔުނީ: ޒިދާން މުހައްމަދު

ކަފިހި ހުރަސް ނުވަތަ އިނގިރޭސިން ކިޔާގޮތުން ނަމަ "ޒިބްރާ ކްރޮސް" އަކީ ކޯއްޗެއް ހެއްޔެވެ؟ މި ސުވާލުގެ ޖަވާބަކީ ވަރަށް ސާފުކޮށް އެއްމެންނަށް ވެސް އެނގެން ޖެހޭ އެއްޗެކެވެ. ދަންނަވަންތޯއެވެ. ކަފިހި ހުރަހަކީ ހިނގާ މީހުން މަގުގެ އެއް ފަރާތުން އަނެއް ފަރާތައް ދިއުމަށް ނުވަތަ މަގު ހުރަސް ކުރުމަށް ހާއްސަކޮށް ރީނދޫ ކުލައިން ނުވަތަ ހުދު ކުލައިން ވިޔަސް މަގުގައި ޒިބްރާ ޕޭޓާނަށް މަގުގައި ޖަމާފައި ހުންނަ ރޮނގުތަކެކެވެ. 

މީހަކު މަގު ކުރަސްކުރުމަށް ކަފި ހުރަހެއް ކައިރި މަޑުކޮށްލައިފި ނަމަ ނުވަތަ ކަފިހި ހުރަހަށް ފައި އަޅައިފި ނަމަ ދުއްވާފައިދާ ވެހިކަލްތައް ކަފިހި ހުރަސް ކައިރިން ހުއްޓުމަކީ މަޖުބޫރު ކަމެކެވެ. ނަމަވެސް މިއަދު މި ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. މަޖީދީ މަގުން ރެޑްވޭވްއާ ދިމާލުގައި އެޅިފައިވާ ކަފިހި ހުރަހަށް ވާގޮތައް ހުއްޓިލައިގެން ސްކޫލް ކުއްޖަކު ގޮވައިގެން ބެލެނިވެރިޔަކުހުއްޓާ ދުށީމެވެ.

އެމީހުން ތިބީ ނިކަން އަވަހަށް މަގުހުރަސް ކުރުމުގެ ބޭނުމުގައިކަން އެނގުމުން ގޮސް އަހާލީމެވެ. "ދައްތަ މިތާ ހުންނަތާ ކިހާ އިރެއް ވެދާނެ؟" ޖަވާބުގައި އެ ދައްތަ ހިނިތުން ވެލާފައި ބުނެލިއެވެ. "ކޮއްކޯ، މީ ވާވަރު ކަމެއް ނޫން، މިހާރު ފަނަރަ ވަރަކަށް މިނެޓް ވެދާނެ" އެވެ. އޭރުވެސް، ދުއްވާއެއްޗެހި ދުއްވާމީހުންބެލީ އެމީހުންގެ މަންޒިލަށް އަވަހަށް ދިއުމަށެވެ. ކަފިހި ހުރަހަށް މަޑު ކޮށްލުމެއް ނިތިއެވެ. އެމީހަކާ އެމީހެކޭ ބުނާ ކަހަލައެވެ.

ކުރާނީ ކީއްހެއްޔެވެ؟ މީގެ ކިތައް ދައްތަ މަގު ހުރަސް ނުކުރެވިފައި ތިބޭނެ ބާއޭ ހިތައް އަރައެވެ. ދެން އުފެދޭ ސުވާލަކީ، ކަފިހި ހުރަހަކީ ކޮބައިކަން ދުއްވާ މީހުނަށް ހަމަ ނޭނގެނީ ހެއްޔެވެ؟ އެނގޭ ނަމަ މިގޮތައް މިއަދު ކަންތައް ވާނެ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ދުއްވާ މީހުން ދެއްވާށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް