އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓީއެފްޖީ "ރަން އިން ލާމު" މިއަދު ބާއްވައިފި

ޓީއެފްޖީ "ރަން އިން ލާމު" މިއަދު ބާއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އިން ލ. އަތޮޅުގައި ބާއްވާ "ކޮކާ ކޯލާ ރަން އިން ލާމު" މިއަދު ބާއްވައިފިއެވެ.

 

ޓީއެފްޖީ އިން ބާއްވަމުން އަންނަ ރަން އިން މޯލްޑިވްސް ސިލްސިލާގެ ތެރޭގައި ހިމެނޭ މި ދުވުމުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

 

މިއަހަރުގެ ދުވުމުގައިވެސް މެރަތަން އާއި ހާފު މެރަތަން އަދި 10 ކިލޯމީޓަރާއި 5 ކިލޯމީޓަރުގެ ދުވުން ދުވުން ވަނީ ހިމަނާފައެވެ.

 

ލ. އަތޮޅުގެ ހަތަރު ރަށް ގުޅުވާ ހަދާފައި އޮންނަ ލާމު ލިންކް ރޯޑުގައި ބޭއްވި މިދުވުމުގެ ފުލް މެރަތަން ފެށީ މެންދަމު 2 ޖެހި އިރުއެވެ. އަދި ހާފު މެރަތަން ފަތިހު 5 ޖެހި އިރު ފެށި އިރު، 10 ކިލޯމީޓަރުގެ ދުވުން ފެށި ހެނދުނު 6 ޖެހި އިރުއެވެ. އަދި ކިލޯމީޓަރުގެ ދުވުން ފެށީ ހެނދުނު 7 ޖެހި އިރުއެވެ.

 

ރައީސުލްޖުމްހޫރިއްޔާ މި ދުވުމުގައި ބައިވެރިވެވަޑައިގެން، މި ދުވުން ރަސްމީކޮށް އިއްޔެ ފައްޓަވައިދެއްވީ އިއްޔެ ހަވީރު ގަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

 

އެމަނިކުފާނުގެ މި ދަތުރުފުޅަކީ ވެރިކަމާއި ޙަވާލުވެވަޑައިގެންނެވިފަހުން ހައްދުންމައްޗަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އަދި މމި ދަތުރުފުޅުގައި ބައެއް ކައުންސިލުތަކާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް