އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޮބްސްޓަކަލް ދުވުން "ރަން ވިތް އަސް 2019" ގައި ރެޖިސްޓްރީވުމުގެ މުއްދަތު އިތުރުކޮށްފި

އޮބްސްޓަކަލް ދުވުން "ރަން ވިތް އަސް 2019" ގައި ރެޖިސްޓްރީވުމުގެ މުއްދަތު އިތުރުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު

އޮބްސްޓަކަލް ދުވުން "ރަން ވިތް އަސް 2019" ގައި ރެޖިސްޓްރީވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިއީ މިއަހަރުގެ ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސްކަމަށްވާ އަންނަ މާރޗު މަހުގެ 1 ވަނަ ދުވަހުގެ ޝިޢާރުކަމަށްވާ "ބެލެންސް ފޮރ ބެޓެރ ލައިފް" އާއިގުޅޭގޮތުން ވިމެން އިންމެނޭޖްމެންޓުގެ ފަރާތުން ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ދުވުމެކެވެ.

ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް (ވިމް) އިން ބުނީ މިއަހަރުގެ ދުވުމަކީވެސް 3.5 ކިލޯމީޓަރުގެ ދުވުމެއް ކަމަށާއި ކޮންމެ ކިލޯމީޓަރަކުން އޮބްސްޓަކަލް ކުރިމަތިވާނެ ކަމަށެވެ. އަދި ދުވުމުގެ ބައިވެރިން އެބައިވެރިޔަކު އިޚްތިޔާރު ކުރާ ގޮތަކަށް އޮބްސްޓަކަލް ފުރިހަމަ ކުރެވޭނެއެވެ.

މީގެ އިތުރުން ވިމް އިން ބުނީ މިއަހަރުގެ އޮބްސްޓަކަލްތަކަކީވެސް މިދިޔަ އަހަރެކޭވެސް އެއްފަދައިން ފަސޭހަ އޮބްސްޓަކަލް ތަކަކަށް ވާނެކަމަށެވެ. އަދި މިއަހަރުގެ ދުވުމުގައިވެސް ދުވެވޭނީ ހަމައެކަނި އަންހެން ބޭފުޅުންނަށާއި މިއަހަރުވެސް ވަކި ޢުމުރުފުރައަކަށް ޚާއްޞަކޮށްފައި ނުވާ ކަމަށެވެ.

މިދިޔަ އަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި އޮބްސްޓަކަލް ރަން ގައި 5000އަށްވުރެ ގިނަ އަންހެނުން ބައިވެރިވެރިވެފައިވާ އިރު، މިއީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ އަންހެނުން ބައިވެރިވި ދުވުންކަމަށް ވިމް އިން ބުނެއެވެ.

"ރަން ވިތް އަސް 2019" އާއި ގުޅޭގޮތުން އިތުރު މަޢުލޫމަތު ހޯއްދެވުމަށް ވިމްގެ ހޮޓްލައިން 7946687 އަށް ގުޅުއްވުމަށް ވިމް އިން އެދިވަޑައިގަންނަވައެވެ.

މިއީ ވިމެން އިން މެނޭޖްމަންޓުގެ ފަރާތުން އަންހެނުންގެ ދުވަހުގެ ޚާއްޞަ އޮބްސްޓަކަލް ދުވުން "ރަން ވިތް އަސް" ބާއްވާ ދެވަނަ އަހަރެވެ.

ވިމެން އިން މެނޭޖްމަންޓަކީ އަންހެނުން ބާރުވެރި ކުރުވަން މަސައްކަތްކުރާ ބައިނަލްއަޤްވާމީ އޯގަނައިޒޭޝަނެކެވެ. ވިމްގެ ޗެޕްޓަރ ރާއްޖޭގައި ހުޅުވީ ސެޕްޓެމްބަރ 2017ގައެވެ. ވިމް އިން އަންނަނީ ރާއްޖޭގައި އަންހެނުން ބާރުވެރި ކުރުވުމަށާއި އެކި ކަންކަމަށް އަހުލުވެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް