އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސައުތު އޭޝިއަން ގޭމްސް ފަސްކޮށްފި

ސައުތު އޭޝިއަން ގޭމްސް ފަސްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު

މިއަހަރުގެ މާރޗު މަހު ބާއްވަން އޮތް ސައުތު އޭޝިއަން ގޭމްސް ފަސްކޮށްފިއެވެ.

ސައުތު އޭޝިއަން ގޭމްސް ކުރިން ބާއްވަން އޮތީ ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައެވެ. އެހެންނަމަވެސް މާރޗު މަހު ނުބޭއްވޭނެކަމަށް އައީ ބެލެވެމުންނެވެ.

ސައުތު އޭޝިއާ އޮލިމްޕިކް ކައުންސިލް (އެސްއޭއޯސީ) ބުނީ ގޭމްސްގެ ސީދާ ތާރީޚު މާރޗު 1 ވަނަ ދުވަހު ބާއްވާ ބައްދަލުވުމުގައި ނިންމާނެ ކަމަށާއި ނަމަވެސް ސެޕްޓެމްބަރުގައި އޮންނާނެކަން މިހާރު ޔަޤީންވާ ކަމަށެވެ.

މި ފަހަރުގެ ގޭމްސްގައި ރާއްޖެއިން ފުޓްބޯޅަ، އެތުލެޓިކްސް، ވޮލީބޯޅަ ބެޑްމިންޓަން، ހޭންޑްބޯޅަ، ޝޫޓިންގ، ސްވިމިންގ، ޓެނިސް، ޓޭބަލް ޓެނިސް އަދި ކްރިކެޓާއި ބާސްކެޓްބޯޅައިގާ ވާދަކުރުމަށް ވަނީ ނިންމާފައެވެ.

ސައުތް އޭޝިއާ ގޭމްސްގެ އެންމެ ފަހުގެ ގޭމްސްގައި ރާއްޖޭގެ ދުވުންތެރިޔާ ހަސަން ސާއިދު 100 މީޓަރު ދުވުމުންނާއި 200 މީޓަރުދުވުމުން ރިހި މެޑަލް ހޯދި އިރު، ފެތުންތެރިޔާ އައިމިނަތު ސަޖަން ވަނީ ލޯ މެޑެލް ޙާޞިލުކޮށްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް