އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

90 ދުވަހަށްވުރެ ގިނަ ދުވަހު ކޯމާއެއްގައި އޮތް އަންހެނަކު ވިހައިފި

90 ދުވަހަށްވުރެ ގިނަ ދުވަހު ކޯމާއެއްގައި އޮތް އަންހެނަކު ވިހައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު

އެކްސިޑެންޓެއްގެ ސަބަބުން 90 ދުވަހަށްވުރެ ގިނަ ދުވަހު ކޯމާއެއްގައި އޮތް އަންހެނަކު ކޯމާއިން ނުކުތްތާ ހަފުތާއެއް ނުވަނީސް ވިހައިފިއެވެ.

ގިއަންޖިންގ ނިއުސްގައިވާ ގޮތުގައި އެ އަންހެން މީހާ އަކީ ޢުމުރުން 19 އަހަރުގެ ގުއިޒޯ ޕްރޮވިންސްގެ މީހެކެވެ. އަދި އެކްސިޑެންޓުގެ ސަބަބުން އޭނާ ކޯމާއަކަށް ދިޔައީ ސިކުނޑިއަށް ލިބުނު ސީރިއަސް އަނިޔާތަކެއްގެ ސަބަބުންނެވެ.

މީގެ އިތުރުން ޑޮކްޓަރުންނާއި ޙަވާލާދީ އެ ނޫހުގައި ބުނެފައިވަނީ އެ އަންހެން މީހާ ކޯމާގައި  50 ދުވަހު އޮންނަންޖެހޭނެކަމަށް ލަފާކުރާ ކަމަށެވެ. ނަމަވެސް އެއްގޮތަކަށްވެސް ހޭނާރާ 90 ދުވަސްވުމުން ޑޮކްޓަރުންނާއި ޢާއިލާގެ މީހުން އުއްމީދު ކަނޑާލާފައިވާ ކަމަށެވެ.

މިއީ ވަރަށް މަދުން ނޫނީ ދިމާވާ ކަމެއް ނޫން ކަމަށާއި ސިޒޭރިއަން ހަދައިގެން ތުއްތު ކުއްޖާ ނެގި އިރު، ޙާލު ރަނގަޅު ކަމަށްވެސް ނޫހުގައި ވަނީ ބުނެފައެވެ.

އެ ދެމައިންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށާއި އެއްކޮށް ޑިސްޗާޖުކުރާނީ ދެމައިންގެ ޙާލުވެސް ރަނގަޅުވުމުން ކަމަށް ޑޮކްޓަރުންނާއި ޙަވާލާދީ ނޫހުގައި ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް