އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެއާޕޯޓުން ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެން ގޮސް ތޮށިގަނޑުގައި ޖެހި އެކްސިޑެންޓެއް ހިނގައިފި

އެއާޕޯޓުން ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެން ގޮސް ތޮށިގަނޑުގައި ޖެހި އެކްސިޑެންޓެއް ހިނގައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 14 ސިކުންތު

އެއާޕޯޓުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެން ގޮސް ތޮށިގަނޑުގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

 

ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދެއްވި ގޮތުގައި މިއަދު މެންދުރުފަހު 14:15 ހާއިރު ހިނގި މިއެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން މީހާއަށެވެ. އޭނާ އަށް މިވަގުތު ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދެމުންދާ ކަމަށް ވެސް އޮފިޝަލު މައުލޫމާތު ދެއްވާފައިވެއެވެ.

 

ހުޅުމާލެ ހޮސްޕިޓަލު ހިންގުމާއި ހަވާލުވެގެން ހުންނަ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލު އާޝިޔާ ސޯލިހު ވިދާޅުވީ، އެކްސިޑެންޓެއްގައި އަނިޔާ ވެގެން މިއަދު މެންދުރުފަހު 14:50 ހާއިރު އެހޮސްޕިޓަަލަށް މީހަކު ގެންދެވިފައިވާ ކަމަށާއި އޭނާއަށް އެމެޖެންސީ ރޫމް ގައި ފަރުވާ ދެމުންދާ ކަމަށެވެ.

 

މިއެކްސިޑެންޓުގައި އަނިޔާވެފައިވަނީ ޏ. ފުވައްމުލައް ސިޓީއަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ ފިރިހެނެކެވެ. އެކްސިޑެންޓުގެ ސަބަބުން ގެއްލުން ލިބިފައިވަނީ އޭނާގެ ބޮލަށް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ