އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިނިސްޓަރ މާރިޔާ ދެއްކެވި ވާހަކަފުޅުތައް ފަތުރާފައިވަނީ މާނަ އޮޅޭ ގޮތަށް: ޑިފެންސް

މިނިސްޓަރ މާރިޔާ ދެއްކެވި ވާހަކަފުޅުތައް ފަތުރާފައިވަނީ މާނަ އޮޅޭ ގޮތަށް: ޑިފެންސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ މިދިޔަ މަހު ފަހުކޮޅު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެޤައުމުގެ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަނަލް (އެސްއެންއައި) އަށް ދެއްވި އިންޓަވިއުއެއްގައި ދެއްކެވި ވާހަކަތަކުގެ މާނަ، ބައެއް ފަރާތްތަކުން އޮޅުވާލާފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ. 

އެސްއެންއައި އަށް މިނިސްޓަރ ދެއްވި އިންޓައުގައި ދެއްކެވި ވާހަކަފުޅުގެ ތެރެއިން ވިދާޅުވެފައިވަނީ، އިންޑިއާއިން ރާއްޖެ ހިފުމުގެ ވިސްނުން ނުގެންގުޅުނު ކަމުގައި ވިޔަސް އެކަން ކުރަން އެޤައުމުން ބޭނުންވެއްޖެނަމަ ރާއްޖެއަށް އެކަން ހުއްޓުވޭނެހެން ޤަބޫލު ނުކުރައްވާ ކަމަށެވެ. މާރިޔާގެ ހަމައެކަނި އެބަސްކޮޅުގެ ވީޑިއޯ ކްލިޕެއް ވަނީ ސޯޝަލް މީޑިއާގައި ވެސް ފެތުރިފައެވެ. އަދި ޑިފެންސް މިނިސްޓަރ ގެ މިވާހަކަތަކުން ގިނަ ބަޔަކު ވަނީ އެކަމާއި ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް، ފާޑު ވެސް ކިޔާފައެވެ. 

މިކަމާއި ގުޅޭގޮތުން ޑިފެންސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބައެއް މީޑިއާތަކުން އެއިންޓަވިއުގެ ބައެއް އުނިކޮށްގެން ޚަބަރު ފަތުރާފައިވާ ކަމަށާއި އެއީ ޤައުމުގެ ސުލްހަ މަސަލަސްކަން ގެއްލުވާލައި ސިޔާސީ މަންފާ ހޯދުމަށް ކުރަމުން އަންނަ ކަމެއް ކަމުގައެވެ.

"(އިންޓަވިއުގައި މިނިސްޓަރ ވިދާޅުވީ) ރާއްޖެއާއި އަވަށްޓެރި އިންޑިއާ އަކީ ޒަމާނުއްސުރެ އެއްޤައުމު އަނެއް ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް އިޚްތިރާމްކޮށް، އެކުވެރިކަމާއެކު އުޅޭ ދެ ޤައުމުކަމާއި އިންޑިއާގެ އަސްކަރިއްޔާގެ ހައިބަތި ކިތަންމެ ބޮޑު ކަމުގައިވިޔަސް އަބަދުވެސް ދެ ޤައުމުގެ މިނިސްވަންކަމާއި ސިޔާދަތަށް އިޚްތިރާމް ކުރާކަން" ޑިފެންސް އިން ނެރުނު ބަޔާނުގައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ