އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖާރޒީ ނަމްބަރ 9 ނަންޓެސް އިން ދެން ބޭނުންނުކުރަން ނިންމައިފި

ޖާރޒީ ނަމްބަރ 9 ނަންޓެސް އިން ދެން ބޭނުންނުކުރަން ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ޖާރޒީ ނަމްބަރ 9 ފްރާންސްގެ ނަންޓެސް އިން ދެން ބޭނުންނުކުރަން ނިންމައިފިއެވެ.

އެގޮތަށް ނިންމީ އާޖެންޓީނާގެ ފޯވަރޑް އެމިލިއާނޯ ސަލާގެ ހަށިގަނޑު ވެއްޓުނު ފްލައިޓުގެ ތެރެއިން ފެނުނުކަން ކަށަވަރުވިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައެވެ.

ފްރާންސްގެ ނަންޓެސް އިން އެމީހުންގެ ޖާރޒީ ނަންބަރު 9 ބޭނުންކުރުން ހުއްޓާލުމާމެދު ވިސްނަމުންދާކަމަށެވެ. އަދި އުއްމިދު ކުރެވެނީ ސަލާގެ ޝަރަފްގައި މިކަން ކުރެވޭނެ ކަމަށެވެ.

ކޮރޮނަރސް އެކްޒެމިނޭޝަންއަކަށްފަހު، އިނގިރޭސި ފުލުހުން ހާމަކޮށްފައިވަނީ އިނގިރޭސި ވިލާތުގެ ޖަރސީ އައިލެންޑްސް ސަރަހައްދުގެ ކަނޑު އަޑިން ފެނުނު ފްލައިޓުގެ ތެރެއިން ނެގީ ސަލާގެ ހަށިގަނޑު ކަމަށެވެ. އަދި އާޖެންޓީނާގެ ފޯވަރޑް އެމިލިއާނޯ ސަލާ އާއި ޕައިލެޓް ޑޭވިޑް އިބޮސްޓަން ދަތުރުކުރި ޖެޓު ފެނުނީ ކަނޑުގެ 65 މީޓަރު އަޑިން ކަމަށެވެ.

ރިމޯޓުން އޮޕަރޭޓްކުރާ މޫދުއަޑީ ދުއްވާ ކުޑަ އުޅަނދެއްގެ އެހީގައި ސަލާ ދަތުރުކުރި ފްލައިޓް ހޯދާފައިވަނީ ފެބްރުއަރީ 3 ވަނަ ދުވަހުއެވެ. އަދި އޭގެ 4 ދުވަސް ފަހުން އެމިލިއާނޯ ސަލާ އަދި ޕައިލެޓް ޑޭވިޑް އިބޮޓްސަން ދަތުކުރުކުރި ފްލައިޓްގެ ތެރެއިން އެކަކުގެ ހަށިގަނޑު ވަނީ ނަގާފައިވާއެވެ.

ބުދަ ދުވަހު ފެނުނު މިހަށިގަނޑަކީ ސަލާގެ ހަށިގަނޑުކަން އޭގެ އެއްދުވަސް ފަހުން ވަނީ ކަށަވަރުކޮށްދީފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް