އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޖިލީހުގެ އެއްވެސް ކަމެއް ޤާނޫނާ ޚިލާފަކަށް ނުކުރަން! - ނުވެސް ކުރާނަން!: ޤާސިމް އިބްރާހީމް

މަޖިލީހުގެ އެއްވެސް ކަމެއް ޤާނޫނާ ޚިލާފަކަށް ނުކުރަން! - ނުވެސް ކުރާނަން!: ޤާސިމް އިބްރާހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 22 ސިކުންތު

ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކަމެއް ޤާނޫނާ ޚިލާފަށް ކުރައްވާފައި ނުވާނެ ކަމަށާއި ނުވެސް ކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ޖޭޕީގެ މައި މަރުކަޒު މ. ކުނޫޒުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢްލޫމާތު ދެއްވަމުން ޤާސިމް އިބްރާހީމް ވިދާޅުވީ ކޯލިޝަނުގެ އެއްބަސްވުމާއި އެއްގޮތަށް މަޖިލީހުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ނުދޭ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވުމުން އެކަމާއި ވަރަށް ބޮޑަށް ހިތާމަފުޅު ކުރައްވާ ކަމަށެވެ. 

ޤާސިމް އިބްރާހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ޤާނޫނާއި ޚިލާފަށް ނިންމުންތައް ނިންމަން ފެށުމުން އެކަމަށް ކަންބޮޑުވުން ފައުޅުކުރަމުން އައުމަށްފަހު އަމިއްލައަށް ބާރު ލިބުމުން ޤާނޫނުތަކާއި ޚިލާފަށް ކަންކަން ނިންމުމަކީ އެއްވެސް ހަމައެއްގެ މަތިން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ އެއްވެސް ކަމެއް އެމަނިކުފާނު ދުވަހަކުވެސް ނުކުރައވާނެ ކަމަށެވެ. 

މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ނުލިބިއްޖެ ނަމަ ބަޣާވާތް ކުރާނެ ކަމަށް ވިދާޅުވެ ރައީސް މުޙައްމަދު ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށް ރައްދު ދެއްވައި ޤާސިމް އިބްރާހީމް ވިދާޅުވީ ބަޣާވާތެއް ކުރާނަމަ އެކަން ކުރައްވާނީ ރައީސް ނަޝީދު ކަމަށެވެ. އަދި ޔޫރަޕްގައި ތިއްބެވި އިރުވެސް 5 އަހަރު ވަންދެން ކެތް ނުކުރެއްވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމުން އެގޮތަށް އެކަން ނުކުރެއްވުމަށްވެސް އެދިވަޑައިގެންފައިވާނެ ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމެއް ގެންނަވައިގެން ޕްރައިމް މިނިސްޓަރަކަށް ވެވަޑައިގަންނަވަން އުޅުއްވަނީ ރައީސް ނަޝީދު ކަމަށާއި އެކަމުގެ ބޭނުންފުޅަކީ ޤައުމުގެ ވެރިކަން ދައުރުގެ މެދުތެރެއިން ހޯއްދެވުން ކަމަށްވެސް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ. 

ޤާސިމް އިބްރާހީމް ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި ހިނގައިދިއަ ކަންކަން އެއީ ބައަކު ކުރި ބަގާވާތެއް ކަމަށް ރައީސް ނަޝީދު ތަފާތު ގޮތްގޮތަށް ވާހަކަފުޅު ދެއްކެވި ނަމަވެސް ވެރިކަން ބަދަލުވެގެން ދިއައީ ރައީސް ނަޝީދު އަމިއްލަފުޅަށް ކުރެއްވި ބަޣާވާތަކުން ކަމަށެވެ. އަދި އެކަން ކުރެއްވީ މުވައްޒިފުންނަށް މުސާރަ ދެވޭނެ ފަދަ ޙާލަތު ވެސް ދައުލަތުގައި ނެތުމުން ކަމަށެވެ. މުވައްޒިފުންގެ މުސާރަ ހިފެހެއްޓުމުން އަނބުރައިދޭން ކޯޓުން އަމުރުކުރުމުންވެސް ނުދީ ހިފެހެއްޓިކަންވެސް ޤާސިމް އިބްރާހީމް ފާހަގަ ކުރެއްވިއެވެ. 

ޤާސިމް އިބްރާހީމް ވިދާޅުވީ އަމިއްލަ އެދުމެއް "އޮތަސް ނެތަސް" ޤާނޫނާއި ޚިލާފަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށާއި ޤާނޫނު އަސާސީ އިސްލާޙް ނުކޮށް ޤާނޫނަށް ބަދަލުގެނެސްގެން ކަންކަން ނުކުރައްވާނެ ކަމަށާއި ޤާނޫނު އަސާސީ އާއި ތަޢާރަޒްވާ އެފަދަ މައްސަލައެއް އެޖެންޑާ ވެސް ނުކުރައްވާނެ ކަމަށެވެ. "ޤާނޫނު އަސާސީ އިޞްލާޙް ކުރަން ހުށަހަޅައިފި 24 ގަޑިއިރު ކުރިއަށް ގެންގޮސްގެން ވެސް އެކަން ކުރާނަން. ޤާނޫނު އަސާސީގައި ދައުރެއްގެ މުއްދަތު ބަޔާންކޮށްފައިވަނިކޮށް ހަދާ ޤާނޫނަކުން އެ މުއްދަތު ކުރުކޮށް ބަދަލު ގެނައުމަކީ ޤާނޫނު އަސާސީއަށް ބަދަލު ނުގެނެސް ކުރެވޭނެ ކަމެއް ނޫން." ކަމަށް ވެސް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ. 

މިރޭގެ ބައްދަލުވުމުގައި ވަނީ ކޯލިޝަނުގެ މެދުގައި ވެވިފައިވާ އެއްބަސްވުންތަކާއި ޖުމްހޫރީ ޕާޓީ އާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ދެމެދު ވެފައިވާ އެއްބަސްވުންތަކުގެ ތަފްޞީލު ހާމަކޮށްފައެވެ.

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް