އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަމާޒަކީ އެންމެ ކުޑަމިނުން ފައިނަލުގައި ކުޅެލުން: އާތީ

އަމާޒަކީ އެންމެ ކުޑަމިނުން ފައިނަލުގައި ކުޅެލުން: އާތީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 57 ސިކުންތު

އަމާޒަކީ އެންމެ ކުޑަމިނުން ފައިނަލުގައި ކުޅެލުންކަމަށް ދިވެހި ޤައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފިއެވެ.

އޭނާ ބުނީ އަންނަ އަންގާރަ ދުވަހު ނޭޕާލުގައި ފަށާ ސާފް ވިމެންސް ޗެމްޕިއަންޝިޕުގައި އެންމެކުޑަމިނުން ފައިނަލުގައި ކުޅެލަން ބޭނުން ކަމަށެވެ.

ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ރާއްޖޭގެ އަންހެން ޤައުމީ ފުޓްބޯޅަ ޓީމު ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ އިރު، ސާފް ވިމެންސް ޗެމްޕިއަންސް ޝިޕުގައި ވާދަކުރުމަށް އެޓީމުން ވަނީ ޔޫއޭއީގައި ޓްރެއިނިންގ ކޭމްޕެއް ފުރިހަމަ ކޮށްފައެވެ. އަދި އޭގެ ނަތީޖާވެސް ރަނގަޅެވެ.

އެގޮތުން ރަހްމަތްތެރިކަމުގެ ދެ މެޗު ކުޅެފައިވާ އިރު، ފުރަތަމަ މެޗުގައި މި މަހު ވަނަ ދުވަހު ޔޫއޭއީ އަތުން ރާއްޖެ ވަނީ 2-0 އިން ބަލިވިނަމަވެސް ދެވަނަ މެޗުގައި ވަނީ ޔޫއޭއީއާ 1-1 އިން އެއްވަރުކޮށްފައެވެ. މި މެޗުގައި ރާއްޖޭގެ ޓީމުން ޔޫއޭއީ ކޮޅަށް ރާއްޖޭގެ ލަނޑު ޖެހީ މަރިޔަމް ރިފާ އެވެ.

އެހެންނަމަވެސް މުބާރާތް ފަށާއިރު، ކުޑަނުތަނަވަސްކަމެއްވެސް އެބައޮތެވެ. އެއީ ޔޫއޭއީއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި ޑިފެންޑަރު ސަންފާ އިބްރާހިމްގެ ލިގަމެންޓް އަނިޔާވެ، މުބާރާތުގައި ސަންފާ އަށް ނުކުޅެވުމާއި ޑިފެންޑަރު އައިމިނަތު ޒާހިޔާ (ޒެޑޭ) އަށްވެސް ބަހްރޭނާ ދެކޮޅަށް ކުޅުނު މެޗެއްގައި ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރުގައި ހުންނަން ޖެހުމެވެ.

އެކަމަކު ކޯޗާއި ކުޅުންތެރިން ތިބީ އުއްމީދުން ފުރިފައިވާ ރޫޙެއްގައެވެ. އެންމެ ފަހުން ބޭއްވި ސާފް މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމު ވސެމީފައިނަލުގައި ކުޅެފައިވުމަކީ އިތުރު ހިތްވަރެކެވެ.

މި ފަހަރު ރާއްޖެ ހިމެނެނީ އިންޑިއާ އާއި ސްރީލަންކާއާއެކު އެއް ގްރޫޕެއްގައެވެ. އަންނަ ބުދަ ދުވަހު ފުރަތަމަ މެޗުގައި އިންޑިއާއާ ދެކޮޅަށް ރާއްޖެ ނުކުންނަ އިރު، ދެ ވަނަ މެޗުގައި ހުކުރު ދުވަހު ނުކުންނާނީ އަވަށްޓެރި ވާދަވެރި ސްރީލަންކާއާ ދެކޮޅަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް