އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުކުރު ދުވަހުގެ ޚަޒާނާއިން ވީހާ ގިނައިން ލިބިގަތުމަށްޓަކައި ރަސޫލާ (ޞޢވ) ގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރާށެވެ!: އިޔާޟް

ހުކުރު ދުވަހުގެ ޚަޒާނާއިން ވީހާ ގިނައިން ލިބިގަތުމަށްޓަކައި ރަސޫލާ (ޞޢވ) ގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރާށެވެ!: އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 29 ސިކުންތު

"ހުކުރު ވިލޭރެއިން ފެށިގެން ހުކުރު ދުވަހުގެ އިރުއޮއްސުމާއި ހަމައަށް އެއީ ހެޔޮ ކަމުގެ ޚަޒާނާއެއް ފަދަ ވަގުތެކެވެ. ވީމާ މިވަގުތުތަކުގައި ރަސޫލާ (ޞޢވ) ގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރާށެވެ!"

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ރާއްޖޭގައި ކިޔާ ކޮންމެ ޚުޠުބާއެއްގައި ރަސޫލް (ޞޢވ)ގެ މައްޗަށް ގިނަގިނައިން ޞަލަވާތް ކިޔެވުމަށް ވަޞިއްޔަތް ކުރެއެވެ. ނަމަވެސް އެކަން ހަނދާން ހުންނަނީ ވަރަށް މަދު މީހެކެވެ. ހުކުރު ދުވަހު ރަސޫލް (ޞޢވ) އަށް ޞަލަވާތް ކިޔެވުން ގިނަ ކުރުމަށްޓަކައި ކޮންމެހެން ވަގުތު ހުސްކޮށްގެން ތަނެއްގައި މަޑުކުރާކަށް ނުޖެހެއެވެ. ކުރާ ކަމެއް ކުރަމުން ވެސް ހިތް މައްޗަށް ގެނެސް އެމީހަކަށް ކިޔަން ފަސޭހަ ކުރު ޞަލަވާތެއް ކިޔެވިނަމަވެސް އެކަމުގެ ސަވާބު ދެއްވަވާނެތެވެ!

ނަމާދުގެ އައްތަހިއްޔާތުގައި ކިޔަވާ އިބްރާހީމް ޞަލަވާތަކީ ރަސޫލާ (ޞޢވ)ގެ މައްޗަށް ޞަލަވާތް ކިޔެވުމަށް ރަސޫލް (ޞޢވ) ބަޔާން ކޮށް ދެއްވެވި ޞަލަވާތެވެ. 

اللهم صل على محمد وعلى آل محمد، كما صليت على إبراهيم وعلى آل إبراهيم إنك حمید مجيد، اللهم بارك على محمد وعلى آل محمد كما باركت على إبراهيم وعلى آل إبراهيم، إنك حميد مجيد 

"އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އިބްރާހީމުގެފާނާއި އިބްރާހީމުގެފާނުގެ އާލުންގެ މައްޗަށް އިބަ الله ޞަލަވާލެއްވި ފަދައިން މުޙައްމަދުގެފާނާއި މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށްވެސް ޞަލަވާތްލައްވާނދޭވެ! ހަމަކަށަވަރުން އިބަ الله އީ ހުރިހާ ޙަމްދަކާއި، ހުރިހާ މާތްކަމެއް ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ. 

އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އިބްރާހީމުގެފާނާއި، އިބްރާހީމުގެފާނުގެ އާލުންގެ މައްޗަށް އިބަ ބަރަކާތްލެއްވި ފަދައިން މުޙައްމަދުގެފާނާއި، މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށްވެސް ބަރަކާތްލައްވާނދޭވެ! ހަމަކަށަވަރުން އިބަ الله އީ ހުރިހާ ޙަމްދަކާއި، ހުރިހާ މާތްކަމެއް ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް