އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"މުސްލިމުންނަކީ ހަށިގަނޑުގެ ގުނަވަންތައް ފަދައިން އެއްބައެއް" ކަމަށް އޮތް ހަދީޘްފުޅަށް އަމަލުކުރަން ނިޔުޒީލަންޑުގެ ބޮޑުވަޒީރު ދުނިޔެއަށް ގޮވާލައްވައިފި

"މުސްލިމުންނަކީ ހަށިގަނޑުގެ ގުނަވަންތައް ފަދައިން އެއްބައެއް" ކަމަށް އޮތް ހަދީޘްފުޅަށް އަމަލުކުރަން ނިޔުޒީލަންޑުގެ ބޮޑުވަޒީރު ދުނިޔެއަށް ގޮވާލައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 50 ސިކުންތު

އަހަރެން މި ޢަމަލުކުރަނީ "މުސްލިމުންނަކީ އެއްބައެއް ކަމަށާއި ހަށިގަނޑުގެ އެއް ގުނަވަނުގައި އަޅާ ވޭން އެހެން ގުނަވަންތައް ވެސް އިޙްޞާޞްކުރާ"ކަމަށް މުސްލިމުންގެ ރަސޫލާ، މުޙައްމަދު (ޞޢވ) ބަޔާން ކުރައްވާފައި އޮތް ޙަދީޘްފުޅަށް ކަމަށް ނިޔުޒީލަންޑުގެ ބޮޑުވަޒީރު ޖެސިންޑާ ވިދާޅުވެއްޖެއެވެ.

ހުރިހާ ދިންތަކެއްގެ މީޙުން ބައިވެރިވެގެން ދުޢާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޖެސިންޑާ ވިދާޅުވީ އެ ހަދީޘްފުޅަކީ ހަމައެކަނި މުސްލިމުން އަމަލުކުރަން އޮތް ޙަދީޘްފުޅެއް ނޫން ކަމަށާއި އެ ޙަދީޘްފުޅަކީ މުޅި އިންސާނިޔަތަށް އޮތް ޙަދީޘްފުޅެއް ކަމަށެވެ. އަދި ދުނިޔޭގެ އެންމެން ބަލައިގަނެ ޢިބްރަތް ޙާޞިލުކޮށް އަދި އަމަލު ވެސް ކުރަންޖެހޭ ޙަދީޘްފުޅެއް ކަމަށެވެ.

"ހުރިހާ އިންސާނުންނަކީ ހަމަ އެއް ބައެއް. އެންމެންނަކީ ހަށިގަނޑުގެ ގުނަވަންތައް ފަދައިން އެކެއްގެ އިޙްޞާޞްތައް އަނެކަކު ދަނެގަނެ ކަންކަމުގަ އެހީތެރިވެ ބައިވެދޭން ޖެހޭ ބައެއް. އިންސާނިއްޔަތަށް ދިރުން ލިބި ކުރިއަރައި މައްސަލތައް ހައްލު ކުރެވޭނީ އެއިރުން." ކަމަސްވެސް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ޙަދީޘްފުޅަކަށް ނިޔުޒީލަންޑުގެ ބޮޑުވަޒީރު ތައްރީފްކުރެއްވުމުން އެމެރިކާގެ އާއި ދުނިޔޭގެ އެހެންވެސް ގިނަ ބޮޑެތި މީޑިއާތަކުގެ ފަލަ ސުރުޚީއަށް މިއަދު ވަނީ އެ ޚަބަރު އަރައިފައެވެ. ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅުތަކުގެ މަތިވެރިކަން ކުރިން ނުއެނގޭ އެތައް މިލިއަން މިލިއަނ ބައެއްގެ ސަމާލުކަމަށް މިއަދު ވަނީ އެކަން ގެނުވިފައެވެ.

ނިޔުޒީލަންޑުގައި މިއަދު ރެކޯޑް އަދަދެއްގެ މުސްލިމުން ހުކުރު ނަމާދުކުރިއިރު މިސްކިތާއި ދާދި ގާތުގައި ބޮޑުވަޒީރު ޖަސިންދާ ވެސް ހުންނެވިއެވެ. އެކަމަނާ މިއަދުވެސް ހުންނެވީ ހިޖާބް އަޅުވައިގެންނެވެ. ހެނދުނު ހުރިހާ ދީންތަކެއްގެ މީހުން ބައިވެރިވެގެން ދުޢާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވެސް އެންމެ އިސްކޮށް ހުންނެވިއެވެ. ދުޢާކުރުމުގެ ކަންކަން ކުރިއަށް ގެންދިއައީ އލްނޫރު މިސްކިތުގެ ކުރިމަތިން އޮންނަ ހެގްލޭ ޕާކުގައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް