އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރިޝްމީއަށް މިވަރުން ކޮޓަރި ސާފު ކުރެވޭނެތަ؟ ޒެއްލު ވާ ރުޅިމަޑު!

ރިޝްމީއަށް މިވަރުން ކޮޓަރި ސާފު ކުރެވޭނެތަ؟ ޒެއްލު ވާ ރުޅިމަޑު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 37 ސިކުންތު


ކޮންމެ ކުއްޖަކީ އެކުއްޖެއްގެ ގައިގާ ބެލެނިވެރިއެއް ފޮރުވިފައިވާ ކުއްޖެކޭ، އަދި ކޮންމެ ބެލެނިވެރިއަކީ އެމީހެއްގެ ގައިގާ ކުޑަކުއްޖެއް ފޮރުވިފައިވާ މީހެކޭ ބުނާތީ އަޑުއަހަމެވެ. 

މަޝްހޫރު ދިވެހި ޕިލްމްސްޓާރ/ޕްރޮޑިއުސާރ އަދި ޑިރެކްޓާރ އައިޝަތު ރިޝްމީ އާއި އޭނާގެ ދަރިފުޅު އިސްމާއިލް އަޒިއެލް އަޒްމީލް (ޒެއްލު) މިވަނީ އެދެމައިން އެންމެ ފަހުން ކުޅުނު ވީޑިއޯ ލަވައިން އެކަން ވަރަށް ރަނގަޅަށް ދައްކުވައިދީފައެވެ. 

ރިޝްމީ އާއި ޒެއްލު ކުޅުނު ދެވަނަ ވީޑިއޯ ލަވަ ޕަރީ (އޮއްސުމެން ތަރިތައް) އިއްޔެ ރިލީޒް ކޮށްފައިވާއިރު، މިއީ ވަރަށް ވެސް ތަފާތު ކޮންސެޕްޓެއްގެ މައްޗަށް އުފައްދާފައިވާ ލަވައެކެވެ. އެގޮތުން އެންމެ ބޮޑު ތަފާތެއްގެ ގޮތުގައި ފެންނަނީ މިލަވާގައި ރިޝްމީ ކުޅެފައިވަނީ ދަރިފުޅުގެ ރޯލުކަމާއި ޒެއްލު ކުޅެފައިވަނީ ރިޝްމީގެ ބައްޕަގެ ރޯލު ކަމެވެ. 

ކުރީގެ މަޝްހޫރު ކްލެފް ބޭންޑުގެ ރަންއަޑުގެ ވެރިޔާ މޯޑު ކިޔާދީފައިވާ މިލަވައިގެ އޯޑިއޯ ކުރިން ރިލިީޒްވެފައިވާއިރު، މިލަވައަކީ އެއިރުވެސް ގިނަބަޔަކަށް ވަރަށް ކަމުދިޔަ ލަވައެކެވެ. މިލަވައަށް ވީޑިއޯއެއްހެދި ރިލީޒް މިވީ، މިޔުޒިކީ ދުނިޔެއަށް މޯޑު ބްރޭކެއް ނެގުމުން، އޭނާގެ ލަވަތައް ހަނދުމަ ކުރުމުގެ ގޮތުންނެވެ.

ޕަރީ (އޮއްސެމުން ތަރިތައް) މިލަވަ ޑައިރެކްޓް ކޮށްފައިވަނީ މަޝްހޫރު އެކްޓަރ/ޑައިރެކްޓާރ އަދި ރިޝްމީގެ ފިރިމީހާ ރަވީ ފާރޫޤް އެވެ. މިލަވައިން ފެނިގެންދަނީ ކޮޓަރި ސާފު ނުކޮށް ރިޝްމީކުޅެން ދާން އުޅުމުން، ކޮޓަރި ސާފު ކޮށްފަ ނޫނީ ނުދިޔުމަށް ޒެއްލު ނަސޭޙަތްތެރިވާ މަންޒަރެވެ. ޒިންމާ ނަގަން ދަސްކޮށް ދިނުމުގެ ގޮތުން ހަދާފައިވާ އެގަވާއިދަށް ބޯލެނބުމުގެ ގޮތުން، ހިތްހަމަ ނުޖެހި ހުރެވެސް ރިޝްމީ އެނބުރި ކޮޓަރިއަށް ދެއެވެ. ނަމަވެސް ކޮޓަރި ސާފު ކުރުމުގެ ބަދަލުގައި ބޮޑަށް ޖެހެނީ ސަކަރާތެވެ. 

ލަވައާއި ބެހޭގޮތުން "މިއަދުނޫހަށް" މައުލޫމާތު ދެމުން ރިޝްމީ ބުނެފައިވަނީ މިލަވައިން ދައްކުވައިދޭން ބޭނުންވަނީ، ކުޑަކުދިން ބޮޑުވަމުން އަންނައިރު، ގޭތެރޭގައި ކުރަން ހަވާލުކުރާ މަސައްކަތެއް ކުރާނީ ބޮޑަށް ސަކަރާތް ޖަހާފަ ކަމެވެ.

 

"ދައްކުވަައިދީފަ އެއިނީ މިޒަމާނުގަ ކޮންމެ ކުޑަކުއްޖަކާއި ވެސް މަސައްކަތެއް ހަވާލު ކުރުމުން، އެއީ ކޮޓަރި ސާފު ކުރުން ކަމުގަ ވިޔަސް، އެކަމެއް ކުރާނީ އެހެން ކަންކަން ކޮށްފަކަން.ކޮޓަރި ސާފު ކުރާއިރު ފެންނަ އެއްޗެއްސާއި ކުޅެ، ލަވަކިޔާ، ސަކަރާތް ޖަހާ، އެހުރިހާ ކަމެއް ކޮށްފަ ދެން ބާކީ އޮންނަ ވަގުތަކުއޭ ސާފު ކުރާނީ. ސާފު ކުރުމަށްވުރެ ބޮޑަށް އޮންނާނީ ސަކަރާތް ޖެހުމޭ. ދެން މިޒަމާނާ ގުޅުވާލަން އެއިނީ (ޓިކްޓޮކް ވެސް ވަރަށް ވައިގަ ހިފާފަ ހުރި ދުވަސްކޮޅެއް ވީމަ) ޓިކްޓޮކް އާއި ރިލޭޓް ކޮށްލާފަ، ކުޑަކުދިންނަށް ޚާއްސަކޮށްފަ އިންނާނެ ފޯޓްނައިޓް ގެ ސްޓެޕްސް ވެސް ޖައްސާފަ. މިޒަމާނަށް ފެތޭ ގޮތަށް، ޒަމާނާއި ގުޅުވާފަ މިލަވަ ހަދާފަ މިއިނީ" ރިޝްމީ ބުންޏެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ