އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 5 ސިކުންތު
މާރެސް އަތޮޅު ވޮލީ މުބާރާތުގައި އެންމެފަހުގެ ޗެމްޕިއަން ގޮއިދޫއިން އެޓީމުގެ ފެންވަރު ދައްކާލި އިރު، ކަމަދޫގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފި
މާރެސް އަތޮޅު ވޮލީ މުބާރާތުގައި އެންމެފަހުގެ ޗެމްޕިއަން ގޮއިދޫއިން އެޓީމުގެ ފެންވަރު ދައްކާލި އިރު، ކަމަދޫގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ.
ބ. މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރމަންޓް ސޮސައިޓީ (މާރެސް) ން ބ. އަތޮޅުގެ ރަށްތަކަށް ހުޚުވާލައިގެން ބާއްވާ މި މުބާރާތުގެ ފުރަތަމަ މެޗު ގޮއިދޫއިން ކާމިޔާބުކުރީ ދަރަވަންދޫ އާބައްދަލުކޮށް ސީދާ 3 ސެޓުންނެވެ.
އެންމެ ފަހުގެ ޗެމްޕިއަން ގޮއިދޫއިން މި މެޗުގެ ސެޓުތައް އެޓީމުން ގެންދިޔައީ 25،21، 25،8 އަދި 25، 17 އިންނެވެ. މި މެޗުގެ މޮޅު ކުޅޫންތެރިޔާގެ މަޤާމަށް ހޮވުނީ ގޮއިދޫގެ ޖާރޒީ ނަމްބަރު 12 ޝާނިޔާ އަޙްމަދު ނިޒާމްއެވެ.
މި މުބާރާތުގެ ދެވަނަ މެޗު ކަމަދޫއިން ކާމިޔާބުކުރީވެސް ސީދާ 3 ސެޓުންނެވެ. މުބާރާތުގައި އަލަށް ވާދަކުރި ކަމަދޫއިން މާޅޮސް ޓީމާ ބައްދަލުކޮށް މި މެޗު ކާމިޔާބުކުރީ 25،19، 25،17 އަދި 25،19 އިންނެވެ. މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކަމަދޫ ޖާރޒީ ނަމްބަރު 12 މަރިޔަމް ޝިޒާނާ އެވެ.
މި މަހުގެ 18 އާއިހަމައަށް ކުރިއަށްދާ މި މުބާރާތުގައި އަންހެން ޑިވިޜަންގައި 4 ޓީމާއި ފިރިހެން ޑިވިޜަންގައި 6 ޓީމު ވަނީ ބައިވެރިވެފައެވެ.
ފިރިހެން ޑިވިރަންގެ މެޗުތައް އެޕްރީލް 19ން 27 އަށް ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވާ އިރު، މި ޑިވިޜަންގައި ވާދަކުރަނީ ގޮއިދޫ، މާޅޮސް، ދަރަވަންދޫ، ކުޑަރިކިލު، ކަމަދޫ އަދި ދޮންފަނެވެ.
2016 ވަނަ އަހަރު ފެށި މިމުބާރާތުގައި މިހާތަނަށް ވަނީ އަންހެން ޑިވިޝަންގެ 3 މުބާރާތެއް ބާއްވާފައެވެ.
ފައިބެއަހަރުގެ މުބާރާތުގައި އަތޮޅުގެ 5 ރަށަކުން 8 ޓީމުވަނީ ވާދަކޮށްފައިވާ އިރު، ފިރިހެން ޑިވިޜަން އަދި އަންހެން ޑިވިޜަންގެ ޗެމްޕިއަންކަންވެސް ހޯދާފައިވަނީ ގޮއިދޫއިން ހޯދާފައިވަނީ ފައިނަލުގައި މާޅޮހާއި ވާދަކޮށްގެންނެވެ.
މާރެސް ޖަމިއްޔާއިން މި މުބާރާތް ބާއްވަމުން އަންނަނީ އަތޮޅުގައި ތިބި ވޮލީކުޅުންތެރިންނަށް މުބާރާތެއްގައި ވާދަކޮށް އެކުޅުންތެރިންގެ ހުނަރު ދައްކާލުމަށް ފުރުޞަތުހޯދައި ދިނުމާއި ކުޅުންތެރިންގެ ހުނަރު ރަނގަޅުކުރުމުގެ ފުރުޞަތު ހޯދައިދިނުމަށެވެ. އަދި އެއްމާޙައުލަކުން ބައްދަލުވެ، އެކުވެރިކަން އާލާ ކުރުވުމަށެވެ.
Advertisement
14 އޭޕްރީލް 2019