އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓީއެފްޖީ ލޯންގރަންގެ ރޭސްކިޓް ދޫކުރަން ފަށައިފި

ޓީއެފްޖީ ލޯންގރަންގެ ރޭސްކިޓް ދޫކުރަން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު

ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކޮކާކޯލާ ލޯންގް ރަންގެ މި އަހަރުގެ ދުވުމުގައި ބައިވެރިވާ ދުވުންތެރިންނަށް ރޭސްކިޓް ދޫކުރަންފަށައިފިއެވެ.

 

ޓީއެފްޖީ ޢިމާރާތުގެ 1 ވަނަ ފަންގިފިލާގައި ކުރިއަށްދާ އެކްސްޕޯރ މި އޭޕްރިލް މަހުގެ 18 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ.

 

ރޭސްކިޓް ދޫކުރާނީ އޭޕްރިލް 14 އިން 17އަށް ކޮންމެ ދުވަހެއްގެ 14:00ން 20:00އަށް އަދި 18 ވަނަ ދުވަހު ހެނދުނު 09:00ން މެންދުރު 12:00އަށެވެ.

 

މި އޭޕްރީލް މަހުގެ 19 ވާ ހުކުރު ދުވަހު ހުޅުމާލޭގައި ބާއްވާ މި ދުވުމަކީ ރަން އިން މޯލްޑިވްސް ސީރީސްގެ ދަށުން ބާއްވަމުން އަންނަސިލްސިލާގެ ރަސްމީ އިވެންޓެވެ.

 

މިއަހަރުގެ ދުވުމުގައިވެސް ފުލް މެރަތަން، ހާފު މެރަތަން، އަދި 10 ކިލޯ މީޓަރާއި 5 ކިލޯ މީޓަރުގެ ދުވުން އޮންނާނެއެވެ.

 

ޓީއެފްޖީ އިން އަންނަނީ މާލޭގެ އިތުރުން އައްޑޫސިޓީ އާއި ހައްދުންމަތީގައި މިހާރުއަންނަނީ މި ސިލްސިލާގެ ދުވުންތައް ބާއްވަމުންނެވެ. 

 

މީގެ އިތުރުން ކަނބަލުންނަށް ޚާއްޞަކޮށްގެން މިއަހަރު ފެށި 'ރަނިންރަން' އާއި ބޮޑުހާފުގެ ނަމުގައިވެސް އަންނަނީ ތަފާތު ދުވުމެއް ބާއްވަމުންނެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް