އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވޭތުވެދިޔަ 2 އަހަރުގެ ޗެމްޕިއަން ގޮއިދޫ ބަލިކުރުމަށް ފައިނަލުގައި ކަމަދޫ..

ވޭތުވެދިޔަ 2 އަހަރުގެ ޗެމްޕިއަން ގޮއިދޫ ބަލިކުރުމަށް ފައިނަލުގައި ކަމަދޫ..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 50 ސިކުންތު

މާރެސް އަތޮޅުވޮލީބޯޅަ މުބާރާތުގައި ކުޅުނު 3 މެޗުން މޮޅުވެ ވޭތުވެދިޔަ 2 އަހަރުގެ ޗެމްޕިއަން ގޮއިދޫ ފައިނަލަށްދަތުރުކުރި އިރު، އެޓީމުގެ ޗެމްޕިއަންކަން ދިފާޢު ކުރިއނުދިނުމަށް ކަމަދޫ ނުކުންނަން ޖެހިއްޖެއެވެ. 

މި މުބާރާތުގެ ފައިނަލަށް ގޮއިދޫ ދަތުރުކުރީ ގްރޫޕް ސްޓޭޖްގައި ދަރަވަންދޫ، ކަމަދޫ އަދި މާޅޮސް ސީދާ 3 ސެޓުން ބަލިކުރުމަށްފަހުއެވެ. އަދި މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ކަމަދޫއިން ފައިނަލުގެ ޖާގަ ކަށަވަރުކުރީ ފުރަތަމަ މެޗު މުބާރާތް ބާއްވާ ރަށް މާޅޮސް ޓީމާ ބައްދަލުކޮށް ސީދާ 3 ސެޓުން ކާމިޔާބުކޮށް އަދި ދަރަވަންދޫވެސް ބަލިކުރުމަށްފަހުއެވެ. ކަމަދޫއަށް ގެއްލުނީ ހަމައެކަނި ގޮއިދޫ މެޗު އެކަންޏެވެ.

އަތޮޅުގައި ތިބި ވޮލީކުޅުންތެރިންނަށް މުބާރާތެއްގައި ވާދަކޮށް އެކުޅުންތެރިންގެ ހުނަރު ދައްކާލުމަށް ފުރުޞަތުހޯދައިދިނުމާއެކު ކުޅުންތެރިންގެ ހުނަރު ރަނގަޅުކުރުމުގެފުރުޞަތުހޯދައިދިނުމަށް ބާއްވަމުން އަންނަ މި މުބާރާތުގެ ފައިނަލު މެޗު އޮންނާނީ މާދަމާއެވެ.

މިމުބާރާތުގައި ވޭތުވެދިޔަ 3 އަހަރުވެސް ފައިނަލްގައި ވާދަކުރީ މާޅޮސްއެވެ. ވޭތުވެދިޔަ އަހަރުތަކާއި ޚިލާފަށް މާޅޮސް ޓީމުގައި މިއަހަރު ވަނީ 16 އަހަރުންދަށުގެ ގިނަޢަދަދެއްގެ ކުޅުންތެރިން ހިމަނާފައެވެ. 

16 އަހަރުންދަށުގެ 5 ކުޅުންތެރިން ޓީމުގައި ހިމެނޭ އިރު، އޭގެތެރެއިން 4 ކުޅުންތެރިއަކު ވަނީ ކޮންމެ މެޗެއްގައިވެސް ފުލްކޮށް ކުޅެފައެވެ. އަދިމިކުދިންގެ ތެރޭގައި 12 އަހަރުގެ ކުޅުންތެރިއަކު ހިމެނެއެވެ. މިކުޅުންތެރިޔާ އަކީ މިއަހަރުގެ އިންޓަރސްކޫލު މުބާރާތުގެ 14 އަހަރުންދަށުގެ އުމުރުފުރާގައި ހޮވި މޮޅު 6 ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނޭ ކުޅުންތެރިއެކެވެ. 

ޓީމު މާޅޮހުގެ ފަރާތުން ބުނީ މިއަހަރު ގިނަޢަދަދެއްގެ ޒުވާން ކުޅުންތެރިންނަށް ފުރުޞަތުދިނީ މުސްތަގުބަލުގައި މިކުޅިވަރު ކުޅޭނެ ފެންވަރު ރަނގަޅު ޒުވާންޓީމެއް ތައްޔާރުކުރުމަށް ކަމަށެވެ. އަދި ވޭތުވެދިޔައަހަރުތަކުގައި ޓީމުގައި ކުޅެފައިވާ 90 އިންސައްތަ ކުޅުންތެރިންނަކީ ރިޓަޔަރ ކުރާ އުމުރުގެ ކުޅުންތެރިންކަމަށްވާތީ ކަމަށެވެ. 

މިއަހަރުގެ މުބާރާތުގައި އަންހެން ޑިވިޜަންގައި 4 ޓީމާއި ފިރިހެން ޑިވިޜަންގައި 6 ޓީމު ވަނީ ބައިވެރިވެފައެވެ.

2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތުގައި މިހާތަނަށް އަންހެން ޑިވިޝަންގެ 3 މުބާރާތެއް ވަނީ ބާއްވާފައެވެ. 

ފިރިހެން ޑިވިޜަންގެ މެޗުތައް ކުޅުމަށް ތާވަލުކޮށްފައިވަނީ އެޕްރީލް 19ން 27 އަށެވެ. މި ޑިވިޜަންގައި ވާދަކުރަނީ ގޮއިދޫ، މާޅޮސް، ދަރަވަންދޫ ،ކުޑަރިކިލު، ކަމަދޫ އަދި ދޮންފަނެވެ. 

މިދިޔަ އަހަރުގެ މުބާރާތުގައި އަތޮޅުގެ 5 ރަށަކުން 8 ޓީމުވަނީ ވާދަކޮށްފައެވެ. ފިރިހެން އަދި އަންހެން ޑިވިޜަންގެ ޗެމްޕިއަންކަންވެސް ގޮއިދޫއިން ހޯދާފައިވަނީ ފައިނަލުގައި މާޅޮހާއިވާދަކޮށްގެންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް