އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓީއެފްޖީ ލޯންގރަން މާދަމާ ހުޅުމާލޭގައި ބާއްވަނީ..

ޓީއެފްޖީ ލޯންގރަން މާދަމާ ހުޅުމާލޭގައި ބާއްވަނީ..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

ޓީއެފްޖީ އިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ދުވުމުގެ ހަރަކާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އިވެންޓު ކޮކާކޯލާ ލޯންގރަން ހުޅުމާލޭގައި މާދަމާ ބާއްވާނެއެވެ.

ޓޯޓަލް ފިޓްނެސް ގްރޫޕުން ބުނީ 'ރަން އިން މޯލްޑިވްސް ސީރީސް'ގެ ދަށުން ބާއްވަމުން އަންނަސިލްސިލާގެ ރަސްމީ އިވެންޓުގެ ފުލް މެރެތަން (42 ކިލޯމީޓަރ) ގެ ދުވުން ފަށާނީ ދަންވަރު 02:20ގައި ކަމަށެވެ. އަދި ހާފު މެރަތަން (21 ކިލޯ މީޓަރ) ގެ ދުވުން ފަށާނީ ފަތިހު 05:20 ގައި ކަމަށެވެ.

މީގެ އިތުރުން 10 ކިލޯމީޓަރުގެ ދުވުން 06:20ގައި ފަށާ އިރު، 5 ކިލޯމީޓަތުގެ ދުވުން ފަށާނީ 07:20ގައި ކަމަށްވެސް ޓީއެފްޖީ އިން ބުންޏެވެ.

ދިގުރާސްތާގެ ދުވުންތައް ރާއްޖެއަށް ތަޢާރަފްކުރި ޓީއެފްޖީ އިން އަންނަނީ މާލޭގެ އިތުރުން އައްޑޫސިޓީ އާއި ހައްދުންމަތީގައި މިހާރުއަންނަނީ މި ސިލްސިލާގެ ދުވުންތައް ބާއްވަމުންނެވެ. އަދި ކަނބަލުންނަށް ޚާއްޞަކޮށްގެން 'ރަނިންރަން'ގެ ނަމުގައި ދުވުމެއް ބާއްވާފައިވާ އިރު، ބޮޑުހާފުގެ ނަމުގައިވެސްއަންނަނީ ތަފާތު ދުވުމެއް ބާއްވަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް