އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަމަދޫގެ މައްޗަށް ކުރިހޯދާ ގޮއިދޫ އިން ޗެމްޕިއަންކަން ދިފާޢުކޮށްފި

ކަމަދޫގެ މައްޗަށް ކުރިހޯދާ ގޮއިދޫ އިން ޗެމްޕިއަންކަން ދިފާޢުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 2 ސިކުންތު

ބ. މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރްމެންޓް ސޮސައިޓީ (މާރެސް) އިން ބާއްވަމުން އަންނަ 'މާރެސް އަތޮޅު ވޮލީ މުބާރާތު'ގެ ޗެމްޕިއަންކަން ޖެހިޖެހިގެން 3 ވަނަ ފަހަރަށް ގޮއިދޫ ހޯދައިފިއެވެ.

އެ ޓީމުން ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލު މެޗު ކަމަދޫ އާބައްދަލުކޮށް ސީދާ 3 ސެޓުން ކާމިޔާބުކޮށްގެންނެވެ. 

މި މެޗުގެ ސެޓުތައް ގެންދިޔައީ ފޯރިގަދަ ކުޅުމަކަށްފަހު 25،12/ 25،12 އަދި 25،15 އިންނެވެ. 

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ފައިބެއަހަރުތަކުގައި އަތޮޅާއި ޤައުމީ ފެންވަރުގައިވެސް ތަފާތު ކުޅުމެއް ދައްކަމުން އަންނަ ގޮއިދޫގެ ޒުވާން ތަރި ޝައިނާ އަޙްމަދު ނިޒާމެވެ.

މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންނަށް ހޮވުނީ ގޮއިދޫގެ ޝައިނާ އަޙްމަދު ނިޒާމް އާއި މާޔާ ވަޖީހް އާއި ޝަފްނާ އިބްރާހިމް އާއި ރިޒްވާނާ އަބޫބަކުރު އާއި ދަރަވަންދޫގެ ޢައިޝަތު ޔުމްނާ އަދި ކަމަދޫގެ މަރްޔަމް ޝިޒާނާއެވެ.

މި މުބާރާތުގައި ހިމެނޭ ފިރިހެން ޑިވިޜަންގެ މެޗުތައް އޮންނާނީ އެޕްރީލް 19ން 27 އަށެވެ. މި ޑިވިޜަންގައި ވާދަކުރަނީ ގޮއިދޫ، މާޅޮސް، ދަރަވަންދޫ،ކުޑަރިކިލު، ކަމަދޫ އަދި ދޮންފަނެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް