އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހެޑްމާސްޓަރު ޖިންސީ ގޯނާކުރާ މައްސަލަ ހުށަހެޅުމުން 19 އަހަރުގެ ނުސްރަތު އަންދާލައިފި

ހެޑްމާސްޓަރު ޖިންސީ ގޯނާކުރާ މައްސަލަ ހުށަހެޅުމުން 19 އަހަރުގެ ނުސްރަތު އަންދާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު

މަދަރުސާގެ ހެޑްމާސްޓަރު ޖިންސީ ގޯނާކުރާ މައްސލައެއް ހުށަހެޅުމުން 19 އަހަރުގެ އަނހެން ދަރިވަރު، ނުސްރަތު ޖަހާން ރާފީގެ ގައަށް ކަރީސީނު އެޅުމަށްފަހު އަލިފާން ރޯކޮށް ދިރިހުއްޓާ މަދަރުސާގައި އަންދާލައިފިއެވެ. ރިޕޯޓްތައް ބުނާ ގޮތުން ނުސްރަތު އަނދައިލީ މައްސަލަ ހުށަހެޅިތާ 2 ހަފްތާވެސް ނުވަނީހެވެ.

މިޖަރީމާ ހިންގާފައިވަނީ ވެރިރަށް ޑާކާ އާއި 100 ވަރަކަށް ކިލޯމީޓަރު ދުރުގައި އޮންނަ ފެނި ނަމަކަށް ކިޔާ އަވަށެއްގައެވެ. ފުލުހުންނަށް ނުސްރަތު މައްސަލަ ހުށަހެޅީ މާރިޗް މަހުގެ 27 ވަނަ ދުވަހުއެވެ. ފުލުސް އޮފިސަރު އޭނާގެ ބަޔާން ކަރުދާހުގައި ލިޔުމުގެ ބަދަލުގައި ކުރިކަމަކީ އޭނާގެ ފޯނަށް ވީޑިއޯ ކުރުމެވެ. އަދި މިފަދަ މައްސަލަތައް ހުށަހެޅުމުން މަރާނެ ކަމުގެ ބިރު އޮތް އިރުވެސް ނުސްރަތުގެ ސަލާމަތަށް އެއްވެސް ފިޔަވަޅެއް އަޅައިފައެއް ނުވެއެވެ.

މިހާރު ލީކުވެފައިވާ ވީޑިއޯގައި "ތިއައީ އެހާ ބޮޑު ކަމެއް ނޫން" ކަމަށް ޕޮލިސް އޮފިސަރު ބުނާ އަޑުއިވެއެވެ. ނުސްރަތުގެ ވީޑިއޯ ލީކުވުމުން ހެޑްމާސްޓަރު ބަނދުކުރިއެވެ. ހެޑްމާސްޓަރު ބަންދުކުރުމުން އަވަށުގެ ސިޔާސީ ބޮޑުން ގެންދިއައީ ހެޑްމާސްޓަރު މިނިވަންކުރުމަށް ގޮވާލަމުންނެވެ.

އެޕްރިލް މަހުގެ 6 ވަނަ ދުވަހު ނުސްރަތު މަދުރަސާއަށް ދިއައީ "ފައިނަލް އެގްޒާމް ހެދުމަށެވެ. ދިއުމުން ދަރިވަރަކު މަދަރުސާގެ އިމާރާތެއްގެ "ރޫފްޓޮޕަށް" ގެންދިއައީ އެތަނުގައި އޭނާގެ ރައްޓެއްސަކާއި ދިމާކޮށްލައިގެން އެބައުޅޭ ކަމަށް ބުނެއެވެ. ނުސްރަތު އެތަނަށް ދިއައިރު އެތަނުގައި މޫނު ނިވާކޮށްގެން ތިބި 4 މީހުން އެންގީ އޭނާ ނުސްރަތު ފުލުހުންނަށް ހުށަހެޅި މައްސަލަ އަނބުރާ ނެގުމަށެވެ. އެކަމަށް ދެކޮޅު ހެދުމުން ކަރަށީނު އަޅުމަށްފަހު އަލިފާންރޯކޮށް އަންދައިލީއެވެ.

ބަނަގްލަދޭޝްގައި މިބާވަތުގެ ޖަރީމާތައް ހިންގުމަށްފަހު މައްސަލަ ހަދަނީ އަމިއްލައަށް މަރުވި މައްސަލައަކަށެވެ.

ނުސްރަތު ބުނެފައިވަނީ ހެޑްމާސްޓަރުގެ އޮފީހަށް ގެންގޮސް އެކިފަހަރުމަތިން އޭނާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށެވެ. ބަންގަލަދޭޝްގައި މިފަދަ މައްސަލަތައް ރިޕޯޓްކުރާ ދަރިވަރުން މަރައިލުމަކީ ވަރަށް ޢާންމު ކަމަކަށްވާތީ ދަރިވަރުންނަށް ތިބެންޖެހެނީ އަނގަ ބަންދުކޮށްގެންނެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް