އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަބާތު އިންޓަރނޭޝަނަލް މެރެތަންގެ ހާފު މެރަތަން ކެޓަގަރީގައި ދުވެ، ޤައުމީ ރެކޯޑަކާއެކު ޝަރަފް އައިއޯއައިޖީއަށް ކޮލިފައިވެއްޖެ

ރަބާތު އިންޓަރނޭޝަނަލް މެރެތަންގެ ހާފު މެރަތަން ކެޓަގަރީގައި ދުވެ، ޤައުމީ ރެކޯޑަކާއެކު ޝަރަފް އައިއޯއައިޖީއަށް ކޮލިފައިވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 23 ސިކުންތު

މޮރޮކޯގެ ރަބާތު އިންޓަރނޭޝަނަލް މެރެތަންގެ ހާފު މެރަތަން ކެޓަގަރީގައި ދުވެ، ޤައުމީ ރެކޯޑަކާއެކު އަޙްމަދު ޝަރަފް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ކޮލިފައިވެއްޖެއެވެ.

ޝަރަފް މި މެރެތަންގައި މިއަދު ދުވުނު އިރު، މި މަހުގެ 6 ވަނަ ދުވަހު ޕްރާގް މެރެތަންގައި ޝިފާޒް މުހައްމަދު ވަނީ 1:13:04 މިނެޓުން ރޭސް ނިންމާފައެވެ. އެހެންކަމުން ޝިފާޒުގެ ރެކޯޑް ޝަރަފް މުގުރާލީ 1:12:52 މިނެޓުން ދުވެގެންނެވެ.

ޝިފާޒުގެ ރެކޯޑް މުގުރާލި ނަމަވެސް އައިއޯއައިޖީގެ ހާފް މެރެތަން އިވެންޓަށް ކޮލިފައިވުމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ދީފައިވަނީ 1 ގަޑި 13 މިނެޓުގެ ޓައިމިންގ ކަމަށްވާތީ، ޝިފާޒަށްވެސް ވަނީ އެ ގޭމްސް އިން ފުރުޞަތު ލިބިފައެވެ.

ސްޕޯޓްސް މިނިސްޓްރީ އާއި އެތުލެޓިކްސް އެސޯސިއޭޝަނުން ދިން ފުރުޞަތެއްގައި ޝަރަފް މިހާރުވެސް ތަމްރީނުތައް ހަދަމުން އަންނަނީ މޮރޮކޯގައެވެ.

ޝަރަފް ބުނީ ޔޫރަޕުގެ ރަނގަޅު މާހައުލެއްގައި ފްލެޓް ރޫޓެއްގައި ދުވެވުނު ނަމަ މިއަށް ވުރެ ރަނގަޅު ނަތީޖާއެއް ނެރެވުނީސް ކަމަށާއި ނަމަވެސް ކޮލިފައިވީމާ އުފާކުރާ ކަމަށެވެ.

"އައިއޯއައިޖީގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް ވަރަށްބޮޑަށް މަސައްކަތް ކުރަންޖެހޭ ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގަ. އަނެއްކާ ކުރިއަށް އޮތީ ރޯދަ މަސް. އެހެންވީމަ ވަރަށް ބޮޑަށް ވިސްނައިގެން ތައްޔާރުވާން ޖެހޭނީ" ޝަރަފް ބުންޏެވެ.

ޝަރަފް ވަނީ ރާއްޖޭގެ މެރެތަން ރެކޯޑް 27 އަހަރަށް ފަހު މުގުރާފައެވެ. ސާފް ގޭމްސްގައި 1989 ވަނަ އަހަރު ހުސެއިން ހަލީމް (ކުޑަހުސެން) 2 ގަޑި 45.03 މިނެޓުން ހެދި ރެކޯޑް 2017 އަހަރު ޝަރަފް މުގުރާލީ 2 ގަޑި 42:28 މިނެޓުން ދުވެގެންނެވެ.

އެހެންނަމަވެސް މި ރެކޯޑް މިވަގުތު އޮތީ ޝިފާޒްގެ އަތުގައެވެ.

މޮރިޝަސްގައި ބާއްވާ އައިއޯއައިޖީގެ ހާފް މެރެތަން ދުވުމުގައި ރާއްޖެއަށް ފަސް ޖާގަ ދީފައިވާ އިރު، އެސޯސިއޭޝަނުން ދީފައިވާ ޓާގެޓް ހާސިލްކުރެވޭ ފަސް ދުވުންތެރިންނަށް އެ ފުރުސަތު އެބައޮތެވެ.

އެސޯސިއޭޝަނުން ބުނީ އެއަށް ވުރެ ގިނަ ދުވުންތެރިން ތިބެއްޖެ ނަމަ ފުރުސަތު ދޭނީ އޭގެ ތެރެއިން އެންމެ ޓައިމިންގ ރަނގަޅު ފަސް ދުވުންތެރިންނަށެވެ.

އައިއޯއައިޖީގައި ރާއްޖޭން ވާދަކުރާ ފިރިހެން ސްޕްރިންޓް އަދި މިޑްލް ޑިސްޓެންސް ދުވުންތެރިން ނަގާނީ ދޯހާގައި މިހާރު ކުރިއަށްދާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުންނެވެ.

މީގެ އިތުރުން މާލޭގައި ބާއްވާ ޓައިމް ޓްރަޔަލް އިންވެސް ރަނގަޅު ނަތީޖާ ހޯދާ ދުވުންތެރިންނަށް ފުރުސަތު ލިބޭނެއެވެ.

އޭޝިއަން ޗެމްޕިއަންޝިޕުގައި އަންހެން ޓީމު ވާދަނުކުރާތީ އައިއޯއައިޖީގައި ވާދަކުރާ އަންހެން ދުވުންތެރިން ނަގާނީ ހާއްސަ ޓައިމް ޓްރަޔަލެއް މާލޭގައި ބާއްވައިގެންނެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް