އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުން ފައިނަލުގެ ޖާގަ ސާއިދަށް ގެއްލިއްޖެ

އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުން ފައިނަލުގެ ޖާގަ ސާއިދަށް ގެއްލިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު

އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުން ފައިނަލުގެ ޖާގަ ރާއްޖޭގެ ބާރު ދުވުންތެރިޔާ ޙަސަން ސާއިދަށް ގެއްލިއްޖެއެވެ.

ގަތަރުގެ ދޯހާގައި ކުރިއަށްދާ މި މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ހީޓުގައި 10.56 ސިކުންތުން ދުވެ، ސާއިދު ދިޔައީ ހީޓުގެ 6 ވަނަ އަށެވެ.

ފައިނަލުން ޖާގަ ލިބޭނީ ހީޓުގެ އެންމެ ބާރު ދެ ދުވުންތެރިންނަށް ކަމަށްވާ އިރު، އެ ދެޖާގަ ލިބުނީ 10.18 ސިކުންތުން ދުވި ޖަޕާނުގެ ޔަމަގަޓާ ރަޔޯޓާ އާއި 10.25 ސިކުންތުން ދުވި ދެކުނު ކޮރެއާގެ ކިމް ކުކްޔަންގއަށެވެ.

2017 ވަނަ އަހަރު އިންޑިއާގައި ބޭއްވި އޭޝިއަން ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުގެ ފައިނަލުގައި ސާއިދު ވާދަކޮށް ވަނީ 4 ވަނައަށް ރޭސް ނިންމާ، މަތީ ފަންތީގެ ކުޅިވަރަކުން އެންމެ ބޮޑު ކާމިޔާބެއް ހޯދި ދިވެއްސެއްގެ ފަޚުރު ހޯދާފައެވެ.

މި މުބާރާތުގައި ސާއިދު ދެން ދުވާނީ 100 މީޓަރު އަދި 400 މީޓަރު ރިލޭގައެވެ.

އޭނާއަށް ދެން އޮތީ ޖުލައި މަހު މޮރިޝަސްގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އެވެ.

އޭނާ ވަނީ 2015 ވަނަ އަހަރު ބޭއްވި މުބާރާތުގެ 100 މީޓަރު ދުވުމުން ރަން މެޑަލް އަދި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް