އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނިއުޒިލެންޑްގެ މިސްކިތަކަށް ދިން ހަމަލާ ހުއްޓުވަން އުޅުނު ހިތްވަރުގަދަ ނައީމް އާއި އޭނާގެ ދަރިފުޅު

ނިއުޒިލެންޑްގެ މިސްކިތަކަށް ދިން ހަމަލާ ހުއްޓުވަން އުޅުނު ހިތްވަރުގަދަ ނައީމް އާއި އޭނާގެ ދަރިފުޅު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 28 ސިކުންތު

ޝްރީލަންކާއަށް ދިން ބޮމުގެ ހަމަލާގެ ވާހަކަ ދައްކާއިރު މިދިޔަ މަހުގެ 15 ވަނަ ދުވަހު ނިއުޒިލޭންޑްގެ މިސްކިތަކަށް ދިން ހަމަލާ ހަނދާން ނައްތާލެވޭކަށް ނެތެވެ.

ހުކުރު ދުވަހެއްގެ ނަމާދު ވަގުތު، އެތައް ބަޔަކު ނަމާދަށް ތިއްބާ، ކްރިސްޓްޗާޗް މިސްކިތައް ދިން ބަޑީގެ ހަމަލާގައި 50 އަށްވުރެ ގިނަ މުސްލިމުން ޝަހީދުވިއެވެ. އޭގެ ތެރޭގައި ހިމެނޭ ދެބަފައިންނަކީ ނައީމް ރާޝިދް (50އ.) އާއި އޭނާގެ ފިރިހެން ދަރިފުޅު ޠަލްހާ ރާޝިދެވެ.

މިދުނިޔެއިން "މުސްލިމުން ހުސްކުރުމުގެ" މަޤްސަދުގައި ކަމަށް ބުނެ ބްރެންޓަން ޓެރެންޓް ކިޔާ މީހަކު ސޯޝަލް މީޑިއާގައި ލައިވް ވީޑިއޯ ޖައްސައިގެން، މިސްކިތުގައި އަޅުކަން ކުރަމުން ދިޔަ މީހުން ގަޔަށް ބަޑިޖަހާ މަރަމުން ގެންދިޔައެވެ.

އެވީޑިއޯއިން ފެނުނު އަނެއް މަންޒަރަކީ، ބްރެންޓަން ގެ ހަމަލާތަކުން މީހުން ސަލާމަތް ކުރުމަށްޓަކައި ނުހަނު ހިތްވަރާއެކު މެދުއުމުރުގެ މީހަކާއި ޒުވާން ފިރިހެން ކުއްޖެއް މަސައްކަތް ކުރަމުން ދިޔަ މަންޒަރެވެ. އެއީ ނައީމް އާއި އޭނާގެ ދަރިފުޅު ޠަލްހާ އެވެ.

ބައެއް ނޫސްތަކަށް މައުލޫމާތު ދެމުން، ނައީމްގެ އަންހެނުން އެމްބަރ ބުނީ، އެވަގުތު އެމިސްކިތުގައި އޭނާ ވެސް ހުރި ކަމަށެވެ. އަންހެނުންގެ ބައިގަ ނަމާދު ކުރަން ހުއްޓާ ބަޑީގެ އަޑުފައްގަނޑު އިވުމުން، އެހަމަލާތަކުން ސަލާމަތްވުމަށްޓަކައި ފިލާ އެމްބަރ އޮތެވެ. އެއިރު އޭނާއަށް ފިރިހެނުންގެ ބައިގައި ހިނގަމުން ދިޔަ ކަންތައްގަނޑު ކޮންމެވެސް ވަރަކަށް ފެންނަމުން ދިޔައެވެ.

"ފުރަތަމަ އަހަންނަށް ފެނުނީ އަހަރެންގެ ފިރިމީހާ އެހެން މީހުން ސަލާމަތް ކުރުމަށްޓަކައި އެމީހުން ފޮރުވަން މަސައްކަތް ކުރަމުން ދިޔަ މަންޒަރު، އޭނާގެ ފަހަތުން އަހަރުމެންގެ ދަރިފުޅު ވެސް އެމަސައްކަތުގައި އުޅުނު. ހަމަލާދޭން އައި މީހާ ހުއްޓުވޭތޯ އޭނާ މަސައްކަތް ކުރި މަންޒަރު އަހަރެން ދުށިން. ނަމަވެސް.. އެންމެ ފަހުން ފެނުނީ ފިރިމީހާގެ ގަޔަށް ބަޑިޖެހި މަންޒަރާއި ދަރިފުޅު ގަޔަށް ވެސް ބަޑިޖެހި މަންޒަރު. ދަރިފުޅުގެ ފުރާނަ ހަށިގަނޑާއި ވަކިވެގެން ދިޔައިރު ވެސް އޭނާ އެހެން މީހުންނަށް ގޮވަމުން ދިޔަ، ސަލާމަތްކަން ހޯދަން މަސައްކަތް ކުރުމަށް އަދި އެއްވެސް އަޑެއް ނުލެއްވުމަށް. އެމީހުން ނިޔާވީ ޝަހީދުންގެ ގޮތުގަ. އަހަރެން އެދެބަފައިންނާމެދު ފަޚުރުވެރިވަން. އަހަރެން އަބަދުވެސް އެމީހުން މަތިން ހަނދާން ވާނެ" އަސަރާއެކު އެމްބަރ ކިޔައިދިނެވެ.

އެމްބަރ ބުނިގޮތުގައި ބްރެންޓަން ފަހުން ބަޑިޖަހަމުން ގެންދިޔައީ އިވޭ އަޑުތަކަށް ވިސްނައިގެންނެވެ. އަޑެއް ނުލެއްވުމަށް، ނުވަތަ ނުގުޑުމަށް އޭނާގެ ދަރިފުޅު ނަސޭޙަތްތެރިވީ އެހެންވެއެވެ. ދެން ތިބި މީހުން ސަލާމަތް ކުރުމުގެ ގޮތުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ