އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު
އައިއެސްއަށް ބައިއަތު ހިފައިގެން ތިބި މީހުންނާއި މެދު ޙިކުމަތްތެރިކަމާއިއެކު ފިޔަވަޅުތައް އަޅައި އިސްލާމް ދީނުގެ ޙައްޤު މައުލޫމާތު އެމީހުންނަށް ފޯރުކޮށްދޭން ޖެހޭ ކަމަށް ޝައިޚް މުޙައްމަދު އަނީލް ވިދާޅުވެއްޖެއެވެ. އަދި އައިއެސް އަކީ ރަސޫލް (ޞޢވ) ގެނެސް ދެއްވެވި އިސްލާމް ދީނާއި ޚިލާފް، ބިދުޢަވެރި ޚަވާރިޖުންގެ ޖަމާއަތެއް ކަމަށެވެ.
މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ އިސްމާޢީލް މެންކު ވެސް ވިދާޅުވެފައިވަނީ އައިއެސް ޖަމާއަތުން އެ ހިންގާ އަނިޔާވެރި އަމަލުތަކަކީ ﷲ ތަޢާލާ އަށް އީމާންވެގެން ތިބި މުސްލިމުން ކުރާނެ ކަންކަން ނޫން ކަމަށެވެ.
މީގެ އިތުރުންވެސް ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ އަދަބު ދޭންޖެހޭނީ އެމީހަކު ކުރި ކުށަކަށް ކަމަށެވެ. މީހަކު ނުވަތަ ބައަކު ކުށެއް ކުރުމުން އެކަމުގެ އަދަބު އެހެން މީހަކަށް ނުވަތަ ބައަކަށް ދިނުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ. މާނައަކީ ނިޔުޒީލަންޑުގައި މީހަކު ކުށެއް ކުރީތީ ނުވަތަ އެމެރިކާ ސަރުކާރުން މުސްލިމުން މަރާތީ އެފަދަ އެއްވެސް ކަމެއްގައި ބައިވެރި ނުވާ މީހަކަށް އެކަމުގެ އަދަބު ދިނުން އިސްލާމް ދީނުގައި ހުއްދަ ނޫން ކަމެވެ.
Advertisement
25 އޭޕްރީލް 2019