އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު
ހުސެއިން ރިޔާޒް ސަމަދު (ބޭބެ ރިޔާ) މީގެ 26 އަހަރުކުރިން ހަދާފައިވާ 5،000 މީޓަރުގެ ޤައުމީ ރެކޯޑު ޒުވާން ދުވުންތެރިޔާ ހުސައިން ފަޒީލް ހާރޫން މުގުރާލާ، އޭނާގެ ރެކޯޑްތަކަށް ބޮޅެއް އިތުރުކޮށްފިއެވެ.
ފަޒީލް މި ރެކޯޑު މުގުރާލީ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ދުވެ، 15:30 މިނެޓުން ރޭސް ފުރިހަމަ ކޮށްގެންނެވެ.
ކުރީގެ މަޝްހޫރު ދުވުންތެރިޔާ ބޭބެ ރިޔާ މި ރެކޯޑް ހެދީ 1993 ވަނަ އަހަރުގެ ސާފް ގޭމްސްގައި ދުވެ، 15:36 މިނެޓުން ރޭސް ފުރިހަމަ ކޮށްގެންނެވެ.
ފަޒީލުގެ މި ރެކޯޑާއެކު އޭނާގެ އަތުގައި 5،000 މީޓަރު، 1،000 މީޓަރު އަދި 5 ކިލޯމީޓަރާއި 10 ކިލޯމީޓަރުގެ ޤައުމީ ރެކޯޑު އޮންނާނެއެވެ.
މީގެއިތުރުން އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ހޯމަ ދުވަހު ފަޒީލް ވަނީ ރާއްޖޭގެ 10،000 މީޓަރު ދުވުމުގެ ޤައުމީ ރެކޯޑުވެސް އާކޮށްފައެވެ.
2016 ވަނަ އަހަރު ޤައުމީ އެތްލެޓިކްސް މުބާރާތުން ފިޔަޖަހާލި ފަޒީލު ވަނީ މިއަހަރުގެ ޤައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ފިރިހެންއެތުލީޓުގެ މަޤާމުވެސް ހޯދާފައެވެ.
Advertisement
26 އޭޕްރީލް 2019