އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު
ބ. މާޅޮހު މާރެސް ޖަމިއްޔާއިން އެރަށުގައި މިހާރު ކުރިއަށްގެންދާ މާރެސް އަތޮޅު ވޮލީ މުބާރާތުގެ ފައިނަލުގައި މާޅޮހާއެކު ބައްދަލުކުރާނެ ޓީމަކަށް ގޮއިދޫ ހަމަޖެހިއްޖެއެވެ.
ގޮއިދޫއިން ފައިނަލުގެ ފަހު ޖާގަ ހޯދީ މިއަދު ކުޅުނު ސެމީގެ ދެވަނަ މެޗު ކާމިޔާބުކޮށްގެންނެވެ. ކުޑަރިކިލާއި ބައްދަލުކުރި މެޗު ގޮއިދޫއިން ކާމިޔާބުކުރީ 3 ސެޓު 1 ސެޓުންނެވެ.
މި މެޗުގެ ސެޓުތައް ގޮސްފައިވަނީ 25،17 / 27،25، 25،16 އަދި 25،20 އިންނެވެ.
މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ގޮއިދޫ ޓީމުގެ ޖާރޒީ ނަމްބަރު 11 ސާދާތް ޒަކީއެވެ.
މި މުބާރާތުގެ ފައިނަލް މެޗު މާދަމާ ކުޅޭނެއެވެ. ބައްދަލުކުރާނީ އެންމެފަހުގެ ޗެމްޕިއަން ގޮއިދޫ އާއި މުބާރާތް ބާއްވާ ރަށް މާޅޮހެވެ.
Advertisement
26 އޭޕްރީލް 2019