އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު
މައިލޯ ކްލަބު މޯލްޑިވްސް ކަޕްގެ ސެމީއަށް ޓީމުތައް ހިނގައްޖެއެވެ.
ސެމީއަށް ގޮސްފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، އުރީދޫ، ވެމްކޯ އަދި އިމިގްރޭޝަންއެވެ.
ސެމީގެ ފުރަތަމަ ޖާގަ ޔުނައިޓެޑް ބީއެމްއެލް ހޯދީ ކުއާޓަރ ފައިނަލް ފުރަތަމަ މެޗުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް 5-1 އިން ބަލިކޮށްފައެވެ. އަދި ސެމީގެ ދެވަނަ ޖާގަ އުރީދޫ ހޯދީ އެންމެ ފަހުގެ ޗެމްޕިއަން ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް 5-4 އިން ބަލިކޮށްގެންފައެވެ.
ކްލަބު ވެމްކޯ ސެމީއަށް ދިޔައީ ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން ރެކްރިއޭޝަން ކްލަބު އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެގެން ނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެޓީމުންކުރެ ޓީމަކަށް ގޯލެއް ކާމިޔާބުކުރެވިފައިނުވާތީ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި ވެމްކޯއިން ކުރި ހޯދީ 2-0 އިންނެވެ.
ސެމީގެ ފަހު ޖާގަ ކްލަބު އިމިގްރޭޝަން ހޯދީވެސް ޕޮލިސް ކްލަބާއި ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 3-3 ން ދެޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށްޖެހި ޕެނަލްޓީޝޫޓް އައުޓުގައި 2 ލަނޑު 1 ލަނޑު 1 ލަނޑުން ކުރި ހޯދައިގެންނެވެ.
މިމުބާރާތުގައި ހިމެނޭ 30/18 ވުމެން ފިއެސްޓާގެ ފައިނަލުގައި ބައްދަލުކުރާނީ އެންމެފަހުގެ ޗެމްޕިއަން އެމްޕީއެލް އާއި ރަނަރއަޕް ޕޮލިސް ކުލަބެވެ.
މިމެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މެއި 2 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައެވެ.
Advertisement
30 އޭޕްރީލް 2019