އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޗައިނާގެ ޒިންޖިއާގެ މުސްލިމުން މިރަމަޟާންމަހުހައްޔަރުކޮށް، އިސްލާމްދީން ދޫކޮށްލުމަށް މަޖުބޫރުކުރަނީ!

ޗައިނާގެ ޒިންޖިއާގެ މުސްލިމުން މިރަމަޟާންމަހުހައްޔަރުކޮށް، އިސްލާމްދީން ދޫކޮށްލުމަށް މަޖުބޫރުކުރަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 41 ސިކުންތު

ޗައިނާގެ ޒިންޖިއާގެ މުސްލިމުން މިބަރަކާތްތެރި އެމީހުންގެ އާއިލާއާއި ދުރުކޮށް އިންޓާރންމެންޓް ކޭމްޕެއްގައި ހައްޔަރުކޮށް، އިސްލާމްދީން ދޫކޮށްލުމަށް މަޖުބޫރުކުރަންމިރަމަޟާން މަހު އެޤައުމުގެ ސަރުކާރުން ފަށައިފިއެވެ.

ބައެއް ރިޕޯޓުތަކުން ބުނާ ގޮތުގައި ވަރަށް ކުރިންސުރެވެސްއެތައް މިލިއަން މުސްލިމުންނެއް ވަނީ އެކޭމްޕުތަކުގައި ހައްޔަރު ކޮށްފައެވެ.

އެމެރިކާގެ އުއީގޫރް އެކްޓިވިސްޓެއް ކަމުގައިވާ އައިދީން އަންވަރް، އޭނާގެ ރިސާރޗް ރިޕޯޓުގައި ބުނެފައިވަނީ ޗައިނާގެ އުއީގޫރްގެ އެތައް ހާސް މުސްލިމުންނަކާއި ތުރުކީގެ މުސްލިމުންތަކެއް މިހާރު އެކޭމްޕަށް ގެންގޮސް ހައްޔަރު ކޮށްފައިވާ ކަމަށާއި އިސްލާމްދީން ދޫކޮށްލުމަށް އެމީހުންނަށް މަޖުބޫރު ކުރަމުންދާ ކަމަށެވެ.

"މުސްލިމުންނަށް އެމީހުން މަޖުބޫރުކުރަމުންދަނީ އިސްލާމްދީން ދޫކޮށް އެތީސްޓުންނަށް ވާން. ގޮޅިއެއްގެ ތެރެއަށް އެއެންމެންލާފައި، އެތައް ގަޑިއިރެއް ވަންދެން 'އެއްވެސް ދީނެއް ނުވޭ' އޭ ބުނެ އަޑުއުފުލުމަށާއި 'ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަށް އެންމެން ސަޖިދަ' ކުރާށޭ ބުނެ އަޑުއުފުލުމަށް ވެސް އެމީހުންނަށް ދަނީ މަޖުބޫރު ކުރުވަމުން. އޭގެތެރެއިން އެކަކު ވެސް އެކަމާއި ދެކޮޅު ހަދައިފިނަމަ، ބާރުގެ ބޭނުންކޮށް އެމީހާކާއިމެދު ހަރުކަށި ފިޔަވަޅު އަޅާ" އައިދީން ގެ ރިޕޯޓުގައި ބުނެފައިވެއެވެ.

އޭނާގެ ރިޕޯޓިގައި ބުނެފައިވަނީ މިކޭމްޕަކީ 2017 ވަނަ އަހަރުން ފެށިގެން ހަދާފައިވާ ކޭމްޕެއް ކަމަށާއި އިސްލާމްދީނުގެ އެއްވެސް އަޅުކަމެއް ކޮށްފިނަމަ، އެއީ ނަމާދު ކުރުން ވިޔަސް، ޤުރްއާން ކިޔެވުން ވިޔަސް އަދި ރޯދަ ހިފުން ކަމުގައި ވިޔަސް، އެކޭމްޕަށް ގެންގޮސްލާ ކަމަށެވެ.

މިކޭމްޕުތަކުގައިދޭ އަދަބުތަކާއި ބެހޭގޮތުން އެމެރިކާގެ ސަރުކާރު އޮފިޝަލެއް ކަމުގައިވާ ސްކޮޓް ބަސްބައީ ބުނީ ޗައިނާގެ އެކޭމްޕުގައި މިހާރު ވެސް 800،000 އެއްހާ މީހުން ތިބިކަމާއި އެއަދަދު އިތުރުވުން ގާތް ކަމަށެވެ. އެތަނުގައި ހައްޔަރު ކޮށްފައި ތިބޭ މީހުންގެ ތެރެއިން އަމުރަށް ނުކިޔަމަންތެރިވާ މީހުންގެ ނިޔަފައްޗާއި ދަތްތައް އުފުރާލާ، އެމީހުން ބަންދު ކޮށްފައި ތިބޭ ގޮޅީ ތެރެއަށް ހަރުފަ ލުން ފަދަ ކަންކަން ވެސް ކުރާ ކަމަށެވެ. އަދި ބައެއް މީހުން މަރުވަންދެން އެމީހުން ގައިގާ ތަޅާ ކަމަށާއި އަނެއް ބައި މީހުން ހޫނު ފެނަށްލާ ކަމަށް ވެސް ސްކޮޓް ބުނެފައިވެއެވެ. 

މަސްދަރު: https://loveforislamic.blogspot.com/2019/05/china-is-detaining-muslims-into-prison.html?fbclid=IwAR0EFdInf5wNFIchhlsR7tn5FPN6mooY_G0TTCz2E6mFXy8dnnHn0tOLH2Q

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ