އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުބާއީގައި ހަދާފަ ހުރި "ދަ ޤުރްއާނިކް ޕާރކް" ދުށިންތަ؟

ދުބާއީގައި ހަދާފަ ހުރި "ދަ ޤުރްއާނިކް ޕާރކް" ދުށިންތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 27 ސިކުންތު

މިއަހަރުގެ މާރޗް މަހުގެ 29 ވަނަ ދުވަހު ދުބާއީ ގައި ހުޅުވި "ދަ ޤުރްއާނިކް ޕާކް" އަކީ، ކީރިތި ޤުރްޢާނުގައި ބަޔާންކޮށްފައިވާ، އިސްލާމީ ތާރީޙުގައި ހިނގާފައިވާ އެތައް ކަމެއް ދައްކުވައިދޭ އެހާމެ ރީތި ޕާކެކެވެ. 

ޤުރްއާނިކް ޕާކަށް އެތައް ހާސް މުސްލިމުންގެ އިތުރުން، މުސްލިމު ނޫން މީހުން ވެސް ޒިޔާރަތް ކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެއެވެ. 

ދުބާއީގެ އަލް ޚަވާނީޖް ގައި ހަދާފައިވާ މިޕާކު ފަރުމާކޮށްފައިވަނީ އިސްލާމީ ސަޤާފަތާއި ތާރީޙް ފަސޭހައިން ދަސްވާނެފަދަ ގޮތަކަށެވެ. އެތަނަށް ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ވެސް ވަދެވެއެވެ. މިޕާކު ހުޅުވި ފުރަތަމަ ހަފްތާގައި ވެސް އެތަނަށް 100،000 މީހުން ޒިޔާރަތް ކޮށްފައިވެއެވެ. 

ދުބާއީ ގައި ހަދާފަ ހުރި ދަ ޤުރްއާނިކް ޕާކު ތެރޭގައި 12 ބަގީޗާ އާއި ހޮހޮޅަތަކެއް ވެސް ހަދާފައިވެއެވެ. މީގެއިތުރުން މާތް ﷲ މޫސާ އަލައިޙިއްސަލާމް އާއި އެކަލޭގެފާނުގެ ޤައުމުގެ މީހުން ފިރްޢައުނުގެ ނުބައިކަމުން ސަލާމަތް ކުރެއްވުމަށް ކަނޑުދެފަޅި ކުރެއްވި ހާދިސާ، ދައްކުވައިދޭ ގޮތަށް ފެންގަނޑެއް ދެފަޅި ކޮށްފައިވެސް އެޕާކުގައި ހުރެއެވެ. އެފެންގަނޑު މެދުން ހުރަސްކުރުމުގެ ފުރުސަތު، އެތަނަށް ޒިޔާރަތް ކުރާ މީހުންނަށް ވެސް ދީފައިވެއެވެ. 

މީގެއިތުރުން، އީސާ އަލައިޙިއްސަލާމްގެ ވާހަކަފުޅު ކިޔައިދިނުމަށް، ޕާކުގައި 3 ޑީ ޓެކްނޮލޮޖީ ބޭނުން ކޮށްފައިވެއެވެ. އެގޮތުން މަށިން ދޫންޏެއް ހެދުމަށްފަހު، އެކަލޭގެފާނު އެއަށް ފުމެލުމުން އެދޫންޏަށް ދިރުން ލިބޭ ވާހަކަ ވަރަށް ފުރިހަމައަށް ކިޔައިދީފައިވެއެވެ. އެހެން ރަސޫލު ބޭކަލުންގެ ވާހަކަފުޅުވެސް 3 ޑީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ކިޔައިދީފައިވެއެވެ. 

ކީރިތި ޤުރްއާނުގައި ބަޔާންކޮށްފައިވާ 29 ގަހެއް ވެސް އެޕާކުގައި ހައްދާފައިވެއެވެ. އެގަސްތައް ހައްދާފައިވަނީ ވަކިން ބިއްލޫރިޖެހި ތަކެއްގައެވެ.  އޭގެތެރޭގައިއަންނާރާއި، ތީން، މޭބިސްކަދުރު އަދި ޒައިތޫނި ގަސް ހިމެނެއެވެ. އެގަސްތަކަށް ރަނގަޅަށް ފެންދީ ބަލަހައްޓަމުން ގެންދާ ކަމަށް އެޕާކު އުފެއްދި މީހުން ބުނެފައިވެއެވެ. މިމޭވާތަކުން ސިއްޙަތަށް ކުރާނެ ފައިދާތައް ކީރިތި ޤުރްއާނުންނާއި ސައިންސްގެ އަލީގައި ވެސް އެމީހުން ކިޔައިދެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ