އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަންގްލަދޭޝް ގައި އުމުރުން 12 އަހަރުގެ ކުޑަ ކުއްޖަކު ގޭންގް ރޭޕް ކޮށްފި!

ބަންގްލަދޭޝް ގައި އުމުރުން 12 އަހަރުގެ ކުޑަ ކުއްޖަކު ގޭންގް ރޭޕް ކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 21 ސިކުންތު

ބަންގްލަދޭޝްގެ ޗާންދްޕޫރް އަވަށުގައި އުމުރުން 12 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ގޭންގް ރޭޕް ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މީގެ ނުވަ ވަރަކަށް މަސް ކުރިން ހިނގި މިހާދިސާ، ފައިސާއާއި ބާރުގެ ނުފޫޒުގެ ސަބަބުން އެއަވަށުގެ މީހުން ސިއްރު ކޮށްފައިވާ ކަމަށާއި ރޭޕް ކުރި އަންހެން ކުއްޖާ މިހާރު އިނީ ބަނޑަށް އަށް މަހަށް ބަލިވެ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

އެނގިފައިވާ ގޮތުގައި ފަގީރު އާއިލާއަކަށް ނިސްބަތްވާ އެކުޑަ އަންހެން ކުއްޖާ ރޭޕް ކުރީ ހަތަރު މީހެކެވެ. އެއީ އުމުރުން 19 އަހަރުގެ ރައްބި އާއި، މީރަޖް (22އ.)، އިސްމާއިލް (21އ.) އަދިއަމީނޫލް (20އ.) އެވެ.

"ޑެއިލީ ސްޓާރ" ގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި، އަންހެން ކުއްޖާ އިނީ ބަލިވެކަން ހާމަވީ މީގެ ތިން މަސް ކުރިން، އުޕާޒިލާ ހެލްތު ކޮމްޕްލެކްސް އަށް އޭނާ ޑޮކްޓަރަށް ދައްކަން ދިޔުމުންނެވެ. މިމައްސަލަ އެއިރު ފުލުހުން ބަލަން ފަށާފައި، އޭނާވަނީ ގޭންގް ރޭޕް ކޮށްފައިކަމާއި މައްސަލައާއި ގުޅޭ އެހެން ކަންކަން ވެސް ފެންމަތިވުމުން، ފުލުހުން އެކަންކަން މީޑިއާ އާއި ހިއްސާ ކޮށްފައިވަނީ މިއަދުއެވެ.

އެޤައުމުގެ ފުލުހުން ބުނެފައިވާ ގޮތުގައި އެންމެ ފުރަތަމަ އެހާދިސާ ހިނގުމުން، އެއަވަށު މީހުން ވަނީ ދެކުނު ގާންދާބަޕޫރް ޔޫނިއަން ޕަރިޝާދްގެ ޗެއާމަން އެމްޑީ ގިއާސް އުއްދީން އަށް އެމައްސަލަ ހުށަހަޅާފައެވެ. ނަމަވެސް ޗެއާމަން ވަނީ އެކަން ސިއްރުކުރުމަށް އެއަވަށު މީހުންނަށް އަންގާ، ރޭޕްކުރި އަންހެން ކުއްޖާގެ އާއިލާއަށް ހަ ލައްކަ ޓާކާ (ލަންކާ ފައިސާ) ދޭނެ ކަމަށް ވެސް ބުނެފައެވެ. އަދި މީގެ އިތުރުން، ރޭޕްކުރި ހަތަރު މީހުންގެ ތެރެއިން އެކަކާއި އަންހެން ކުއްޖާ ކައިވެނި ކޮށްދޭނެ އިންތިޒާމު ވެސް ހަމަޖައްސާ ދެނެ ކަމަށް ޗެއާމަން ގިއާސް ބުނެފައިވާ ކަމަށް އެރިޕޯޓުގައި ބުނެފައިވެއެވެ.

ފައިސާއާއި ބާރުގެ ނުފޫޒު ފޯރުވާފައިވީ ނަމަވެސް، އަދި އެއާއިލާއަށް އެފައިސާ ހަވާލު ކޮށްފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

"މިމައްސަލަ މިހާރު ފެންމަތިވެފައި ވުމުން، މިކަމާއި މެދު އަޅަން ހުރި ހުރިހާ ފިޔަވަޅެއް އަޅާ މައްސަލަ ރަނގަޅަށް ބަލާނަން" ހާޖީގަންޖް ޕޮލިސް ސްޓޭޝަންގެ އޮފިސާ އިން ޗާޖް އަލަމްގީރް ހުސެއިން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ