އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައްޒާމް އަކީ ބަރާބަރަށް ނަމާދު ކުރާ ބަސްއަހާ ކުއްޖެއް. އޭނާ އެމަރުވީ ޝަހީދެއްގެ ގޮތުގަ! - އައްޒާމްގެ މަންމަ

އައްޒާމް އަކީ ބަރާބަރަށް ނަމާދު ކުރާ ބަސްއަހާ ކުއްޖެއް. އޭނާ އެމަރުވީ ޝަހީދެއްގެ ގޮތުގަ! - އައްޒާމްގެ މަންމަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 10 ސިކުންތު

ޑަބްލިންގެ އައްޒާމް ރަގޫރަގޫއި (18އ.) އަށް ބަޔަކު ތޫނު އެއްޗަކުން ހަމަލާދީ މަރާލީ، މިދިޔަ ހުކުރު ދުވަހުގެ ރޭ އިޝާ ނަމާދަށްފަހު އޭނާ ގެއަށް ދިޔަ މަގުމަތީގައެވެ. 

ރިޕޯޓުތަކުން ބުނާ ގޮތުގައި ފިންސްބިއުރީ ޕާކު ތެރެއިން ހިނގާފައި ދަނިކޮށް، ބަޔަކު އައްޒާމްއަށް ހަމަލާދީ ޒަޚަމް ކޮށްލާފައި އެތަނުން ވަނީ ފިލާފައެވެ. އައްޒާމް ވެއްޓިފައި އޮތްތަން ފެނުނު ބަޔަކު ސެއިންޓް ޖޭމްސް ހޮސްޕިޓަލަށް އޭނާ އަވަހަށް ގެންދިޔަތާ މާގިނައިރެއް ނުވެ، އޭނާ ވަނީ ނިޔާވެފައެވެ. 

އައިރިޝް ފުލުހުން ވަނީ މިހާދިސާ ހިނގި ސަރަޙައްދު ސީލްކޮށް، އައްޒާމްގެ ކުށްވެރިން ހޯދުމުގެ ތަހުގީގު ފަށާފައެވެ. އެގޮތުން މިމައްސަލައިގަ ތުހުމަތު ކުރެވޭ އުމުރުން 18 އަހަރު ނުފުރޭ ފިރިހެން ކުއްޖަކު ވަނީ މިދިޔަ ހޮނިހިރު ދުވަހު އެޤައުމުގެ ފުލުހުން ހައްޔަރުކޮށް ޖުވެނައިލް ކޯޓަށް ވެސް ހާޒިރު ކޮށްފައެވެ. 

އައްޒާމް ނިޔާވުމާއި ގުޅިގެން އޭނާގެ މަންމައަށް ފުން އަސަރުތަކެއް ކުރުވި ނަމަވެސް، އޭނާގެ މަންމަ ބުނެފައިވަނީ އައްޒާމް މިދުނިޔޭގައި ނެތް ނަމަވެސް އޭނާއަށް ދެރަގޮތެއް މެދުވެރިއެއް ނުވާނެ ކަމަށް އެމަންމަގެ ހިތް ބުނާކަމަށެވެ. 

"އޭނާއަކީ ބަރާބަރަށް ނަމާދުކޮށް ޤުރްއާން ކިޔަވާ ބަސްބަހާ ކުއްޖެއް. މިއަދު ތިއޭނާ މަރާލީ، ހިތުން އޭނާއަށް ދެރައެއް ދިނުމަށްތަ؟ އައްޒާމް އަށް ދެރަގޮތެއް މެދުވެރި ނުވާނެ ކަމަށް އަހަރެންގެ ހިތް ބުނޭ. އޭނާ އެމަރުވީ ޝަހީދެއްގެ ގޮތުގަ. އަލްޙަމްދުލިﷲ " އައްޒާމްގެ ފުރާނަ ނެތް ހަށިގަނޑު ކައިރީ ހުރެ އޭނާގެ މަންމަ މިފަދައިން ބުނި ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

އައްޒާމްގެ މިޒާޖާއި ބެހޭ ގޮތުން ސަނާ ކިޔާފައިވަނީ އޭނާގެ މަންމަ އެކަންޏެއް ނޫނެވެ. އޭނާގެ ގާތް އެކުވެރިން ވެސް ބުނި ގޮތުގައި، އައްޒާމް އަކީ އެންމެންނާއި ވެސް ގުޅޭ، މަޖާ، އޯގާތެރި އަދި އެހާމެ ދީނީ ކަންކަމަށް އަޙައްމިއްޔަތުކަން ދީގެން އުޅުނު ޒުވާނެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ